ވީ މީޑިއާގެ ޓެކްނީޝަނެއް ކަމަށްވާ މުހައްމަދު ރިޔާޒް ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޏ. ފުވައްމުލައް ފްލޯރާމާގޭ, މުހައްމަދު ރިޔާޒް ހައްޔަރުކޮށްފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ސިލްސިލާ އިހްތިޖާޖް ކަވަރ ކުރުމަށް މިރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.
ހަރުގެ ސަރަހައްދަށް އެއްވެ އިހްތިޖާޖް ކުރަމުންދިޔަ މީހުން ފަހަތަށް ޖެއްސުމުގެ ތެރޭގައި ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ހައްޔަރުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ހިމެނެއެވެ. އެމެންބަރުން ހައްޔަރުކުރުމުގެ ތެރޭގައި އެމެންބަރުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވާކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.
މިރޭ ވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީ ހަރުގެ ސަރަހައްދަށް އެއްވެ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމަށް ގޮވާލާ އަޑު އުފުލާފައެވެ.