ވަކީލުންނަށް އެނގުމެއް ނެތި ފުލުހުން ވަނީ ބަންދުގައި ހުންނެވި މުހައްމަދު ނަދީމާ ބައްދަލުކޮށް ތަހުޤީޤަށް ބޭނުންވާ ބައެއް ކަންކަން ކޮށްފައި ކަމަށް ޤާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު އެންމެ ފުރަތަމަ ހައްޔަރުކުރި، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ޤާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ އޭނާއަށް ނޭނގި އޭނާގެ ކްލައިންޓުންނާ ބައްދަލުނުކުރުމަށް ގޮވާލާ ކަމަށެވެ. އަދި އޭނާއަށް އެނގުމެއް ނެތި ފުލުހުންގެ ފޮރެންސިކް ޓީމުން ނަދީމާ ބައްދަލުކޮށް ތަހުޤީޤަށް ބޭނުންވާ ބައެއް ކަންކަން ކޮށްފައިވާ ކަމަށެވެ.
.@PoliceMv Alhuganduge huhdha nunaga alhuganduge clients a badhalu nukurumah gowaalan.
— Moosa Siraj (@MoosesSiraj) February 14, 2018
Alhugandah engumeh nethi police forensic team in vanee Mohamen Nadheem aa miadhu bahdhalu koh thahugeegah beynunva baeh kankan kohfa.
ނަދީމްގެ މައްޗަށް ވެސް ސަރުކާރުން ތުހުމަތުކުރަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށް މަސައްކަތްކުރިމުގެ ތުހުމަތާއި، ރިޝްވަތު ދިނުމުގެ ތުހުމަތެވެ.