އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހުޅުުދޫ، ވައްތީނިމާގެ، ޢަބްދުﷲ ޢައުފް (26އ) އާއި އދ. މާމިގިލި، ސަނީސައިޑް، މުޙައްމަދު އަޝްފާޤް (27އ) އަދި ގދ. ގައްދޫ، ގުލްޝަނީގެ، ޙަސަންމަނިކް ޢަބްދުﷲ (29އ) ކަމަށެވެ.
އެތިން މީހުން ހޯދަމުންދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ވީމާ މި ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792499 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.