ކ. މާލެ
|
14 ފެބްރުއަރީ 2018 | ބުދަ 07:10
ފޭސްބުކް އަކީ މިހާރު އޮންލައިން އިޝްތިހާރުތައް ދައްކާ އެންމެ ބޮޑު އެއް ޕްލެޓްފޯމް
ފޭސްބުކް އަކީ މިހާރު އޮންލައިން އިޝްތިހާރުތައް ދައްކާ އެންމެ ބޮޑު އެއް ޕްލެޓްފޯމް
ގެޓީ އިމޭޖަސް
އިޝްތިހާރުކުރުން
ކޮންޓެންޓް މޮނީޓަރކުރުން ހަރުދަނާ ނުކޮށްފިނަމަ އިޝްތިހާރުކުރުން ހުއްޓާލާނަން: ޔުނިލީވަރ
ޔުނިލީވަރގެ 10 ބިލިއަން ޑޮލަރުގެ މާކެޓިން ބަޖެޓްގެ ބޮޑު އިންސައްތައެއް އޮންލައިން އެޑްތަކަށް ހޭދަކުރޭ

ފޭސްބުކް އަދި ގޫގަލްއިން ކޮންޓެންޓް މޮނީޓަރކުރުން ހަރުދަނާ ނުކޮށްފިނަމަ އެކުންފުނިތަކުގެ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން ހުއްޓާލަން ޖެހިދާނެކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއްކުންފުނިކަމަށްވާ ޔުނިލީވަރއިން ބުނެފިއެވެ.

ޔުނިލީވަރއިން ބުނީ ގޫގަލް އަދި ފޭސްބުކް އިން ޤާނޫނާއި ޚިލާފު ކޮންޓެންޓާއި ހައްދު ފަހަނައަޅާފައިވާ ކޮންޓެން މޮނީޓަރކުރުން އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަމަށާއި، އޮންލައިން ކޮންޓެންޓާއިމެދު އާއްމުންގެ އިތުބާރު މިއިން ޒަމާނަކު ނުދާހާ ދަށަށް ގޮސްފައިވާކަމަށެވެ.

އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރ ކީތު ވީޑް ވިދާޅުވީ ކަސްޓަމަރުން އިތުބާރު ނުކުރާ ޕްލެޓްފޯމަކަށް އިޝްތިހާރު ދޫކުރުމަކީ އެކުންފުނިން ޤަބޫލުކުރާކަމެއް ނޫންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކުންފުނިން އޮންލައިން ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރާއިރު ބަލާނީ ޒިންމާދާރުކަމާއިއެކު ކޮންޓެންޓް މެނޭޖްކުރާ ޕްލެޓްފޯމުތަކަށްކަމަށް ޔުނިލީވަރއިން ބުނެއެވެ.

2017 ވަނަ އަހަރު އެމެރިކާގައި އޮންލައިން ޕްލެޓްފޯމްތަކުގައި ކުރި އިޝްތިހާރުތަކުގެ 73 އިންސައްތަ އިޝްތިހާރުތައް ދެއްކީ ފޭސްބުކް އަދި ގޫގަލް ޕްލެޓްފޯމްގައެވެ. ގޫގަލްއިން އޮންލައިން އިޝްތިހާރުތަކުން 2017 ވަނަ އަހަރު 4.4 ބިލިއަން ޕައުންޑް ހޯދިއިރު، ފޭސްބުކްއިން ވަނީ 1.8 ބިލިއަން ޕައުންޑް ހޯދާފައެވެ. އަދި ޔުނިލީވަރގެ 10 ބިލިއަން ޑޮލަރުގެ މާކެޓިންގ ބަޖެޓެއް އޮތް އިރު، އެކުންފުނީގެ އޮންލައިން އިޝްތިހާރުތަކުގެ 25 އިންސައްތަ ދައްކާފައިވަނީ ފޭސްބުކް އަދި ގޫގަލް ޕްލެޓްފޯމްގައެވެ.

ކޮންޓެންޓް މެނޭޖްކުރުމުގައި ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި ބާރުތައްކަމަށްވާ ގޫގަލް، ފޭސްބުކް، ޓުވިޓަރފަދަ ކުންފުނިތަކުން ނުކުޅެދިއްޖެނަމަ އެކަމުގެ ތެރެއަށް ސަރުކާރުތައް ވަންނަން ޖެހިދާނެކަމުގެ އިންޒާރު ޔޫރަޕިއަން ކޮމިޝަނުން ދާދިފަހުން ވަނީ ދީފައެވެ. އަދި ފޭސްބުކް އާއި ގޫގަލްއިން ވެސް ވަނީ ކޮންޓެންޓް މެނޭޖްކުރުން ހަރުދަނާކުރާނެކަމަށް ދާދިފަހުން ބުނެފައެވެ.

- ކޮމެންޓް