ޖަލުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަހައްޓާފައި ހުންނެވި ގޮޅިކަމަށް ބުނެ އާންމުވެފައިވާ ފޮޓޯއަކީ އަސްލެއް ނޫންކަން އެނގިއްޖެ އެވެ.
ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި އެއީ ބަޔަކު ދައުރުކުރާ ފޭކް ފޮޓޯއެކެވެ. އަދި އެއީ އަސްލު ފޮޓޯއެއް ނޫންކަން ބަޔެއް ފަރާތްތަކުން ވަނީ ކަށަވަރުވެސް ކޮށްދެއްވާފަ އެވެ.
ޤާނޫނީ ވަކީލުންނާއި، އާއިލާއިން ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ބަހައްޓާފައި ހުންނެވީ ވަރަށް ކުޑަ ގޮޅިއެއްގައެވެ. އަދި އެއީ ވަރަށް ހޫނު ގަދަ ގޮޅިއެއްކަމަށާއި ނުބައި ވަސް ދުވާ ކަމަށް ވަނީ ބުނެފަ އެވެ.