ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވީޓާ އެކައުންޓާއި ޕީޕީއެމްގެ ސިޔާސަތުތައް ޕްރޮމޯޓް ކުރާ ބައެއް އެކައުންޓުތައް ސަސްޕެންޑް ކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ޕްރޮމޯޓް ކުރާ މި ޓްވީޓާ އެކައުންޓުތައް ސަސްޕެންޑްކޮށްފައި ވަނީ އަންގާރަ ދުވަހުގައެވެ. ސަސްޕެންޑް ކުރި ޕީޕީއެމްގެ ޓްވީޓާ އެކައުންޓުތަކުގެ ތެރޭގައި "އަސުރުމާ" އަދި "އަމާޒު ޔަގީން" ހިމެނެއެވެ. އެހެން ނަމަވެސް މި އެކައުންޓްތައް ސަސްޕެންޑް ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭނގެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ސޯސަލް މީޑިއާގެ ގިނަ އެކްޓިވިސްޓުންގެ ޓްވީޓާ އެކައުންޓުތައް ވެސް ވަނީ އަންގާރަ ދުވަހުގެ ރޭ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ހުޅުމާލެ ޒުވާނުންގެ ގޮފީގައި އިސްކޮށް އުޅުއްވާ ޒައިދުލް އަމީންގެ ޓްވިޓާ އެކައުންޓު ވެސް ހިމެނެއެވެ.