ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 11:14
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
އަޒުމޫން އަހުމަދު
ދައުލަތުގެ އާމްދަނީ
މިދިޔަ މަހު ދައުލަތަށް ލިބުނީ، 2.2 ބިލިއަން ރުފިޔާ!
ޖެނުއަރީ މަހު ދައުލަތަށް ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ
އަދި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 73.7 މިލިއަން ޑޮލަރު

ޖެނުއަރީ މަހު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށް ވުރެ އާމްދަނީ އިތުރުވެފައި ވަނީ ކުޑަކުޑަކޮށްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި

އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ދައުލަތަށް ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީއާ އެއްކޮށް ބަލާއިރު މިދިޔަ އަހަރުގެ އާމްދަނީ އިތުރު ވެފައިވަނީ 0.02 ޕަސެންޓް އެވެ. އަދި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 73.7 މިލިއަން ޑޮލަރެވެ.

ޓެކްސްގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ، ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 825 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ވިޔަފާރިއާ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ)  ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 872 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކުރީ އަހަރު ލިބުނީ 944 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު 102 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބުނީ 62 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހާއި މިދިޔަ އަހަރު ވެސް ލިބިފައިވަނީ ނުވަ މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު އެއާޕޯޓް ޑިވްލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނީ 54 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމަށް ބިން ކުއްޔަށް ދީގެން މިދިޔަ މަހު 79 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުރީ އަހަރު ލިބުނީ 60 މިލިއަން ރުފިޔާ އެވެ.

 

- ކޮމެންޓް