އަހުމަދު ފާރިސް މައުމޫނަށް ފެންފައިވާނެއް ނުފޮނުވިގެން އުޅުއްވާތާ ތިން ދުވަސް ވެއްޖެ ކަމަށާއި، ފެން ފައިވާނަކީ ވެސް ނުރައްކަލެއްތޯ ޔުމްނާ މައުމޫނު ސުވާލު ކުރައްވައިފިއެވެ.
ޔުމްނާ މައުމޫނު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ތުރުކުރައްވައިގެން ހުންނެވީ، ހައްޔަރު ކުރި ދުވަހު ތުރުކުރައްވައިގެން ހުންނެވި އޮފީސް ބޫޓްކޮޅު ކަމަށާއި، އާއިލާއިން ފާރިސްއަށް ފެންފައިވާނެއް ފޯރުކޮށް ނުދެވިގެން އުޅޭތާ މިހާރު ތިން ދުވަސް ވެއްޖެ ކަމަށެވެ. އަދި އެކަމަށް ފުލުހުން ހުއްދަ ނުދީގެން އުޅޭ ސަބަބެއް ވިސްނިވަަޑައި ނުގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
My brother @afarismaumoon is still wearing the office shoes he was arrested in. Family has been trying to send slippers (fen faivaan) to him for the last 3 days. Wonder why @PoliceMv not allowing it? Are 'faivaan' dangerous? @hrcmv @amnesty @UNHumanRights
— Yumna Maumoon (@yumna_maumoon) February 12, 2018
"ފެން ފައިވާނަކީ އެހާ ނުރައްކާތެރި" އެއްޗެއްތޯ ޔުމްނާ ވަނީ ފުލުހުންނާއި ސުވާލުކުރައްވާފައެވެ.
ހަތަރު ވަނަ ފަހަރަށް ފާރިސް ހައްޔަރު ކުރީ، ފެބުރުއަރީ އަށްވަނަ ދުވަހުއެވެ.
ފާރިސް މީގެ ކުރިން ޖަލުގައި 6 މަސް ދުވަސް ހޭދަކުރައްވައިފައިވެއެވެ. .