ކުށެއްގެ ތުހުމަތެއް ނުކުރެވުނަސް އަންހެނުންނާއި އެހެން މީހުން ވެސް އޮޅުވާލައިގެން ރަހީނު ކުރަމުންދާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.
ފުލުހުން ކުރަމުންދާ ތަހުގީގުތަކަށް އިޝާރާތް ކުރައްވައި ހޯމަ ދުވަހު މަޖީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ރަހީނު ކުރަމުންދަނީ އޮޅުވާލައިގެން އެކިއެކި އިލްޒާމުތައް އަޅުވައިގެން ކަމަށެވެ. ރާއްޖޭގައި މިއަދު ނުހިންގާ ޖަރީމާއެއް ނެތް ކަމަށް ވިދާޅުވެ، މަޖީދުގެ ޓްވީޓުގައި ވަނީ އެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.
Kusheh ge thuhumathugai noonas anhen kanbalunai enun meehun ves olhuvaalaigennai eki eki ilzam thah boluga alhuvai mi dhani raheenu kuramun. Mi adhu mi qaumugai nuhingakah jareema eh ney.
— Abdul Majeed A.Bari (@amajyd) February 12, 2018
Maaiy Allah mi aniyaverikamun mi qaumu salaamaiy kuravvai rahkatheri kuravvashi! Aameen!
މަޖީދު އެހެން ވިދާޅުވިއިރު، ނުވަ މަހުގެ ތުއްތު ކުއްޖެއްގެ މަންމައަކު ވަނީ ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދައި ފެނިފައިނުވާ ކަމަށް ބުނެ، އޭނާގެ އަނބިކަނބަލުން ފުލުސް އޮފީހަށް ގެންގޮސް، އެތައް ގަޑިއިރެއް ވަންދެން އެތަނުގެ ތެރޭގައި ވަނީ ބަންދު ކޮށްފައެވެ.