ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 17:48
ވޮލްޑޯފް އެސްޓޯރިއާ ހޮޓެލް
ވޮލްޑޯފް އެސްޓޯރިއާ ހޮޓެލް
ގެޓީ އިމޭޖަސް
ބްލެކްސްޓޯން ގްރޫޕް
ނިއުޔޯކްގެ ވޮލްޑޯފް އެސްޓޯރިއާ އަނބުރާ ގަންނަން ބްލެކްސްޓޯންއިން މަސައްކަތްކުރަނީ
ބްލެކްސްޓޯއިން ވޮލްޑޯފް އެސްޓޯރިއާ ޗައިނާގެ ކުންފުންޏަކަށް ވިއްކާލީ 2014 ވަނަ އަހަރު

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ކަމަށްވާ ވޮލްޑޮފް އެސްޓޮރިއާ ހޮޓެލް އަލުން އަނބުރާ ގަތުމަށް ބްލެކްސްޓޯން ގްރޫޕުން ތައްޔާރުވަމުން އެބަދެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ ބްލެކްސްޓޯން އިން އެމެރިކާގެ ނިއުޔޯކްގެ ވޮލްޑޯފް އެސްޓޯރިއާ ޗައިނާގެ އިންޝުއަރެންސް ކުންފުނި އެންބެންގް އަށް 2014 ވަނަ އަހަރު ވިއްކާލީ 1.95 ބިލިއަން ޑޮލަރަށެވެ. ނިއުޔޯކް ވޮލްޑޯފް އެސްޓޯރިއާ ހިންގަމުން އައީ އޭރު ބްލެކްސްޓޯންގެ މެޖޯރިޓީ ޝެއަރ އޮތް ހިލްޓަން ހޮޓެލް ގްރޫޕުންނެވެ. އޭގެ ފަހުން ބްލެކްސްޓޯން އިން ވަނީ ހިލްޓަން ކުންފުނި ވެސް ޗައިނާގެ ކުންފުންޏަކަށް ވިއްކާލާފައެވެ.

ޗައިނާގެ ކުންފުނިތަކުން ޔޫރަޕާއި އެމެރިކާގެ ބޮޑެތި ޕްރޮޕަޓީތަކެއް ގަތުމަށް ފަހު، މިހާރު ދަނީ އެ ޕްރޮޕަޓީތައް ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. ބްލޫމްބަރގްއިން ރިޕޯޓް ކުރާ ގޮތުގައި ވޮލްޑޯފް އެސްޓޯރިއާގެ އިތުރުން 2016 ވަނަ އަހަރު ބްލެކްސްޓޯއިން އިން އެންބެންގްއަށް ވިއްކާލި ސްޓްރެޓީޖިކް ހޮޓެލްސް ގްރޫޕްވެސް އަނބުރާ ގަތުމަށް ބްލެކްސްޓޯއިން ދަނީ މަޝްވަރާ ކުރަމުންނެވެ. 

ބެލެކްސްޓޯންއިން ވަނީ ފާއިތުވި ފަހަރުތަކުގެ ތެރޭގައި ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ ޕްރޮޕަރޓީތައް އެންބެންގްއަށް ވިއްކާފައެވެ. 

- ކޮމެންޓް