ރާއްޖެ ޓީވީއަށް ސެކިއުރިޓީ ފޯރުކޮށްދެމުންދިޔަ ފުލުހުން ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައި އޮތުމަށްފަހު އަނެއްކާވެސް ސެކިއުރިޓީ ދިނުމުގެ ގޮތުން ރާއްޖެ ޓީވީގެ ބޭރުގައި ފޯރިމަރަން ފަށައިފިއެވެ.
ފުލުހުން ފުރަތަމަ ފޯރިމަރަން ފެށީ ރާއްޖެ ޓީވީން އެދުނު އެދުމަކަށް މިމަހުގެ 1 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުރިހާ ގަޑިތަކެއްގައިވެސް ފުލުހުންގެ ދެމީހަކު ގެންދިޔައީ ޔުނީފޯމްގައި ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖެ ޓީވީ އޮފީސް ކުރިމަތީގައި ފޯރިމަރާފައެވެ. އޭގެ ފަހުން ސެކިއުރިޓީ ފޯރުކޮށް ދިނުން ހުއްޓާލީ ކުއްލި ހާލަތު އިއުލާން ކުރުމުގެ އެއްދުވަސްކުރިން މިމަހުގެ 4 ވަނަ ދުވަހުއެވެ.
ފުލުހުން ސެކިއުރިޓީ ފޯރުކޮށްދޭން ފަށާފައި މިވަނީ ފަންސާސް ހަ ގަޑިއިރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ ޓީވީގެ އާންމު ކޮންޓެންޓް އާދީއްތަ ދުވަހު ހެނދުނު 7:00 އިން ފެށިގެން ބްރޯޑްކާސްޓްކުރަން ފަށާފައި ވަނިކޮށެވެ.
ރާއްޖެ ޓީވީ ހިމާޔަތްކޮށްދިނުމަށް ސިފައިންނަށާއި ފުލުހުންނަށް އަދި ބްރޯޑްކާސްޓިން ކޮމިޝަނުގައި މި ސްޓޭޝަނުން ވަނީ އެދިފަ އެވެ.