ގދ. ފަރެސްމާތޮޑާގައި މަހައްދާ ދޯންޏަކުން އެންދަމަށް މޫދަށް ފޭބި މީހަކު މަރުވެއްޖެ އެވެ.
ފަރެސްމާތޮޑާ ކައުންސިލް މެމްބަރަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަރުވެފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ ޒުވާނެއް ކަމަށެވެ. ކައުންސިލް މެމްބަރު ވިދާޅުވީ އޭނާ މަރުވީ މަހަށް ނިކުތުމުގެ ކުރިން އެންދަމަން މޫދަށް ފައިބައިގެން އޮއްވާ ޑައިވިންގ ފުޅި ހުސްވުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ އެ ދޯންޏަކީވެސް އެރަށުގައި ދުއްވާ ފުވައްމުލަކު ދޯންޏެއް ކަމަށެވެ. އަދި މަރުވި މީހާ އަކީ ގާތް ގަނޑަކަށް 30 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ މީގެ ކުރިން ފަރެސްމާތޮޑާ އަންހެނަކާ އިނދެގެން ދިރިއުޅުނީ އެރަށުގައި ކަމަށާއި ނަމަވެސް ފަހުން އެ އަންހެން މީހާ ވަރިކޮށްފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ މިހާދިސާ ހިންގާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށާއި މިވަގުތު އެ ދޯނި އޮތީ އެއަތޮޅު ވާދޫގައި ކަމަށެވެ.