ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:49
ޖައްވީ ހޮސްޕިޓަލް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީ ސެންޓެންނިއަލް 2071 ގެ މަޝްރޫޢުއެއްގެ ގޮތުގައި
ޖައްވީ ހޮސްޕިޓަލް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައި ވަނީ ޔޫއޭއީ ސެންޓެންނިއަލް 2071 ގެ މަޝްރޫޢުއެއްގެ ގޮތުގައި
ޝަޓާ ސްޓޮކް
ޔޫއޭއީ
އެކުވެރި އަރަބި އިމާރާތުން ޖައްވުގައި ހޮސްޕިޓަލެއް ހުޅުވަނީ
 
މި ހޮސްޕިޓަލުން ފަރުވާދޭނީ އެސްޓްރޮނޯޓުންނަށް

އެކުވެރި އަރަބި އިމާރާތުން ޖައްވުގައި ހޮސްޕިޓަލެއް ޤާއިމް ކުރަން ނިންމައި، އެ މަޝްރޫޢު އިޢުލާނުކޮށްފިއެވެ.

"އެމިރޭޓްސް ސްޕޭސް ހޮސްޕިޓަލް" މަޝްރޫޢު އިޢުލާނުކޮށްފައި ވަނީ މިހާރު ދުބާއީގައި ކުރިއަށްދާ އަރަބް ހެލްތު ކޮންފަރެންސްގައެވެ.

އެކުވެރި އަރަބި އިމާރާތުގެ މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ، އެ ޤައުމުގެ ނޭޝަނަލް ސްޕޭސް ޕްރޮގްރާމްގެ ބެލުމުގެ ދަށުން، ޔޫއޭއީ ސެންޓެންނިއަލް 2071 ގެ މަޝްރޫޢުއެއްގެ ގޮތުގައެވެ.

"ޔޫއޭއީ ސެންޓެންނިއަލް 2071" އަކީ 2017 ވަނަ އަހަރު، އެކުވެރި އަރަބި އިމާރާތުގެ ނާއިބު ރައީސް ޝައިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމް އިޢުލާނުކުރެއްވި ދިގުމުއްދަތުގެ ތަރައްޤީގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، އެކުވެރި އަރަބި އިމާރާތް އުފެދުނުތާ 100 އަހަރު ފުރޭ، 2071 ވަނަ އަހަރު އަންނަންވާއިރަށް އެ ޤައުމަކީ، ހުރިހާ ގޮތަކުން ދުނިޔޭގެ އެންމެ ފުރިހަމަ ޤައުމަށް ހެދުމެވެ.

ޖައްވުގައި ޤާއިމްކުރާ ހޮސްޕިޓަލާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން، އެކުވެރި އަރަބި އިމާރާތުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރޮޓެކްޝަންގެ ޑިރެކްޓަރ އޮފް ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން، ޑރ. ކުލްޘޫމް އަލް ބަލޫޝީ ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، ޖައްވުގައި ޤާއިމްކުރެވޭ ހޮސްޕިޓަލްގެ ޚިދުމަތް ދޭނީ ޖައްވުގައި ތިބޭ އެސްޓްރޮނޯޓުންނަށް ކަމަށެވެ. އަދި އެ ޚިދުމަތް ދޭނީ ނެނޯޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، އެ ހޮސްޕިޓަލުން ޚިދުމަތް ދޭނީ ޓެލެމެޑިސިން މެދުވެރިކޮށް ކަމަށާއި، ޓެލެމެޑިސިންއަކީ ހަމައެކަނި ދުނިޔޭގައި ހުރި ހޮސްޕިޓަލްތަކުން ލިބޭ ޚިދުމަތަކަށް ވާން ނުޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
100%
0%
0%
0%
0%
0%
ކޮމެންޓް