ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:42
ވަކިން ލޯބިންގެ ޕޯސްޓަރެއް
ވަކިން ލޯބިންގެ ޕޯސްޓަރެއް
ފޭސްބުކް
ވަކިން ލޯބިން
ވަކިން ލޯބިންގެ ދެވަނަ ލަވަ ލޯބިވެރިންގެ ދުވަހު ޕްރިމިއާ ކުރަނީ
މިއީ ޑާކްރެއިން އިން މިއަހަރު ނެރޭ ފުރަތަމަ ފިލްމު
ފިލްމު ރިލީޒްކުރާނީ މާރޗް 5 ވަނަ ދުވަހުގެ ރޭ

ޑާކް ރެއިން އެންޓަރޓެއިންމަންޓް އިން މި އަހަރު ފުރަތަމަ ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ފިލްމު، 'ވަކިން ލޯބިން' ގެ  ދެވަނަ ލަވަ ޕްރިމިއާ ކުރާނެކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އާ ލަވަ ރިލީޒްކުރާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެފިލްމުގެ ފުރަތަމަ ލަވަ "ޕަރީ" ވެސް ވަނީ މިހާރު ރިލީޒް ކޮށްފައެވެ. އެލަވަ އަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ފިލްމުގެ މި ލަވައިގެ މިޔުޒިކް ހަދައިދީފައި ވަނި ފަހުތުﷲ އަބްދުލް ލަތީފް (ފަތޯ) އެވެ. އަދި މި ލަވަ ކިޔާދީފައި ވަނީ ހަމޫދް އަހުމަދެވެ.

މި ފިލްމުގެ ލީޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާނީ ޑާކްރެ އިން އެންޓަރޓެއިންމަންޓްގެ އެންމެ މަޤުބޫލު ޖޯޑު ކަމުގައިވާ މުޙައްމަދު ޖުމައްޔިލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މީގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލަކުން ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެއެވެ.

މި ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އައިޝަތު ފުއާދު ލިޔެފައިވާ ވާހަކައަކަށް ހަދާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ގިނަ ފިލްމުތަކޭކޭ ވެސް އެއްގޮތަށް މި ފިލްމުގެ ވިޜުއަލް އިފެކްޓްސް ހަދާފައި ވަނީ އަޙުމަދު ޝިނާނެވެ. މި ފިލްމަށް ޙުސައިން ޝަދިޔާން (ސޭންޑީ) ކޮސްޓިއުމް ޑިޒައިން ކޮށްދީފައިވާއިރު، މި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ މުޙައްމަދު އިކްރާމްއެވެ.

ފިލްމު ރިލީޒްކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ މާރޗް މަހުގެ 5 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ.

- ކޮމެންޓް