އެމެރިކާގެ ކުރީގެ ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ރަސުއަލް ބަޓްލާ އާއި އޭނާގެ އަނބިމީހާ އަދި އެމެރިކަން އައިޑޮލްގެ ލަވަ ކިޔުންތެރިއެއް ކަމަށްވާ ލިއާ ލަބެލް ކާރު އެކްސިޑެންޓެއްގައި ބުދަ ދުވަހު މަރުވެއްޖެއެވެ.
އެ ދެ މީހުން މަރުވީ ބުދަ ދުވަހުގެ ހެނދުނު އެމެރިކާގެ ސިޓީއެއް ކަމަށްވާ ކެލެފޯނިއާގައި ހިނގި އެކްސިޑެންޓެއްގައެވެ.
ޓީއެމްޒެޑް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަސުއަލް އާއި ލިއާ އިނީ އެއް ކާރެއްގައި ކަމަށާއި އެކާރު އެކްސިޑެންޓްވީ ކޮންޓްރޯލް ނުވެގެން ގޮސް ފާރެއްގައި ޖެހިގެންނެވެ. އޭރު ކާރު ދުއްވަން އިނީ ރަސުއަލް ކަމަށް ވެއެވެ.
އެމެރިކާގެ ލޮސްއެންޖަލްސްގެ ފުލުހުންނާއި ހަވާލާދީ ޓީއެމްޒެޑް އިން ބުނީ ކާރު ދުއްވާފައި ވަނީ ދުއްވަންޖެހޭ ސްޕީޑަށް ވުރެ ތިން ގުނަ ބާރަށް ކަމަށެވެ.