ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:35
ޒީނަތު އަމަން
ޒީނަތު އަމަން
ގޫގުލް
ޒީނަތު އަމަން
ޒީނަތު އަމަން އަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ ޕޮލިހަށް
 
ހުށައަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ޒީނަތު ދާހާ ތަނަކަށް އެ ވިޔަފާރިވެރިއާ ދާކަމަށް

ބޮލީވުޑް ކުރީގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ޒީނަތު އަމަން އަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ ޕޮލިހަށް މައްސަލަ ހުށައަޅައިފިއެވެ.

ޒީނަތު ޕޮލިހަށް މައްސަލަ ހުށައަޅާފައި ވަނީ ވިޔަފާރިވެރިއަކާ ދެކޮޅަށެވެ. އުމުރުން 66 އަހަރުގެ ޒީނަތު މުމްބާއީގެ ޖުހޫ ޕޮލިސް ސްޓޭޝަނަށް ހުށައަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ އޭނާ ދާހާ ތަނަކަށް އެ ވިޔަފާރިވެރިއާ ދާކަމަށާއި ޒީނަތަށް ފޯނުކޮށްގެން ވެސް އޭނާ އުނދަގޫ ކޮށްފައިވާ ކަމަށެވެ.

އޭނާ އެގޮތަށް އުޅެމުން ފެށުމުން އެގޮތަށް ނޫޅެން ބުނުމުން ވެސް އެކަން ހުއްޓާފައި ނުވާތީ ޒީނަތު ޕޮލިހަށް ހުށައެޅީ ކަމަށް އިންޑިއާގެ އޭއެންއައި ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. މުމްބާއި ފުލުހުން ވަނީ އެމައްސަލަ މިހާރު ބަލަން ފަށާފައެވެ.

ފުލުހުން ބުނެފައި ވަނީ އެ ވިޔަފާރިވެރިޔާ އާއި ޒީނަތަކީ ކުރިއްސުރެ ދަންނަ ދެ މީހުން ކަމަށާއި ނަމަވެސް ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން ޒީނަތު އެމީހާއާ ވާހަކަ ދެއްކުން ހުއްޓާލީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
50%
50%
ކޮމެންޓް