ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 12:27
ހައުސް އޮފް ކާޑްސްގެ ލީޑު ރޯލުން ފެނިގެން ދިޔަ ކެވިން ސްޕޭސީ (ވ) މިހާރު ވަނީ އެ ސީރީޒް އިން ވަކިކޮށްފައި
ހައުސް އޮފް ކާޑްސްގެ ލީޑު ރޯލުން ފެނިގެން ދިޔަ ކެވިން ސްޕޭސީ (ވ) މިހާރު ވަނީ އެ ސީރީޒް އިން ވަކިކޮށްފައި
ގެޓީ އިމޭޖަސް
ހައުސް އޮފް ކާޑްސް
ހައުސް އޮފް ކާޑްސްގެ ޝޫޓިން އަލުން ފަށައިފި
ސްޕޭސީގެ މައްޗަށް ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައި

"ހައުސް އޮފް ކާޑްސް" ގެ ޝޫޓިން އަލުން ފަށައިފިއެވެ.

މި ސީރީޒްގެ ޝޫޓިން އަލުން ފަށާފައި ވަނީ ކުރިން އެސީރީޒް އިން ފެނިގެން ދިޔަ ކެވިން ސްޕޭސީ ވަކިކޮށް ޑައާން ލޭން އާއި ގްރެކް ކިނިއާ އިތުރުކުރުމަށް ފަހުގައެވެ. އެހެން ކަމުން "ހައުސް އޮފް ކާޑްސް" ގެ ސީޒަން 6 އިން ކެވިން ސްޕޭސީ ނުފެންނާނެއެވެ.

"ހައުސް އޮފް ކާޑްސް" ދެއްކުން ނެޓްފްލިކްސް އިން މެދުކަނޑާލީ އެ ސީރީޒްގެ ފްރޭންކީ އަންޑަވުޑްގެ ކެރެކްޓާ އިން ފެނިގެންދާ ކެވިން ސްޕޭސީ އަށް 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އުފުލާފައިވާތީއެވެ.

ސްޕޭސީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ސްޓާ ޓްރެކްގެ ތަރިއެއް ކަމަށްވާ އެންތަނީ ރެޕް އާއި އޭނާގެ އުމުރުން 14 އަހަރުގައި ބެހެން އުޅުނު ކަމަށް ބުނެ ކޮށްފައިވާ ދައުވާއެވެ.

ސްޕޭސީއަށް ކޮށްފައިވާ ދައުވާގައި އޭނާ ބުނެފައި ވަނީ އެފަދަ ކަމެއް ހިނގި ކަމެއް އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެންތަނީގެ ކިބަ އިން މައާފަށް އެދޭ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" އަށް ވަނީ އެމީ އެވޯޑްސް އަދި ގޯލްޑަން ގްލޯބްސް ލިބިފައެވެ. މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. މި ސީރީޒްގެ ފަސްވަނަ އެޕިސޯޑް މެއި މަހުގައި ވަނީ ރިލީޒްކޮށްފައެވެ. އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" ނިންމާލާނީ މިއަހަރު ނެރޭ 6 ވަނަ ސީޒަނާ އެކީގައެވެ. މި ސީޒަނުގައި 13 އެޕިސޯޑް ދައްކާނެ ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ. މި ސީރީޒް ދައްކަން ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުގައެވެ.

- ކޮމެންޓް