ގްލީގެ އެކްޓަރ މާކް ސެލިން މަރު ވެއްޖެއެވެ.
މާކް ސެލިން މަރުވީ އަމިއްލައަށް ދަންޖެހިގެންނެވެ. އޭނާ މަރުވިއިރު އުމުރަކީ 35 އަހަރެވެ. ޓީއެމްޒެޑްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މާކް ސެލިން މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ އާއިލާއިން ޔަގީން ކޮށްދީފައިވާ ކަމަށެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ ލޮސް އެންޖަލްސްގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ތެރޭގައި ދަންޖެހިފައި ހުއްޓައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސެލިންގެ މައްޗަށްވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި އޮރިޔާން ކާޑު ގެންގުޅުނުކަން ސާބިތުވެފައެވެ. އެއީ ހަތަރު އަހަރާއި ހަތްއަހަރާއި ދެމެދުގެ ޖަލުގެ ހުކުމެކެވެ. ސެލިން ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި އެމައްސަލާގައި ހައްޔަރު ކޮށްފައެވެ. އަމިއްލައަށް ދަންޖެހިގެން ސެލިން މަރުވިއިރު އެ ހުކުމް އިއްވަން ހަމަޖެހިފައި އޮތީ އަންނަ މާޗްމަހުގެ ހަތްވަނަ ދުވަހުގައެވެ.
އޭނާގެ ލެޕްޓޮޕުން ވަނީ 25،000 އޮރިޔާން ކާޑާއި600 އޮރިޔާން ވީޑިއޯ ފެނިފައެވެ. މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ސެލިން ވަނީ ދަންޖެހެން މަސައްކަތް ކޮށްފައެވެ.
ގްލީއިން ސެލިން ފެނިފައިވަނީ 2009 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ޕަކާމެންގެ ރޯލުންނެވެ.