އޭނާގެ އެއްބަނޑު ބޭބެ ޝާހިދު ކަޕޫރަކީ ޓީޗަރ ކަމަށް ބޮލީވުޑްއަށް އަލަށް ތައާރަފްވާ އިޝާން ކައްޓަރު ބުނެފިއެވެ.
އިޝާން ކައްޓަރުގެ ފިލްމު ބިޔޯންޑް ދަ ކްލައުންޑްސްގެ ޓްރެއިލާ މިހާރު ވަނީ އާންމު ކޮށްފައެވެ.
އެޓްރެއިލާއަށް ގިނަބައެއްގެ ތަރުހީބު ލިބެމުންދާއިރު އިޝާން ކައިރިން އޭނާ ޝާހިދު އާއި ވާދަކޮށްފާނެތޯ އެހުމުން ބުނީ އޭނާ އާއި ޝާހިދުއަކީ އެއްޓީމެއް ކަމަށެވެ. ޝާހިދުގެ ފަރާތުން އޭނާއަށް ވަރަށްގިނަ އެއްޗެހިތައް ދަސްވެއްޖެ ކަމަށާއި ޝާހިދު އަކީ އޭނާގެ ތީޗަރ ކަމަށް އިޝާން ބުންޏެވެ. އިޝާން ބުނީ ޝާހިދުގެ ފިލްމުތައް ބަލައި އޭނާގެ ހުނަރުތައް ދަސްކުރާ ކަމަށެވެ.
ބިޔޯންޑް ދަ ކްލައުޑްސްގެ ޓްރެއިލާ ނެރުމާއެކު އިޝާންގެ އެކްޓިންއަށް ދަނީ ތަރުހީބު އޮހެމުންނެވެ.
ބިޔޯންޑް ދަ ކްލައުޑްސް ސިނަމާތަކަށް އަންނާނީ އަންނަ މާޗް މަހުގެ 23 ގައެވެ. މިފިލްމުގައި އިޝާންއާ އެކު ލީޑު ރޯލުން ފެނިގެންދާނީ މަލްވިލާ މޯހަނަން އެވެ. މީގެ އިތުރުން ގޯތަމް ގޯސް، ޝިވަމް ޕުޖާރީ އަދި ދުވާނީ ރާޖޭޝް ވެސް ބިޔޯންޑް ދަ ކްލައުޑްސް އިން ފެނިގެންދާނެއެވެ.
މި ފިލްމަކީ އީރާންގެ މަޝްހޫރު ޑައިރެކްޓަރު މާޖިދު މާޖިދީ ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
ބިޔޯންޑް ދަ ކްލައުޑްސް ގައި ކިޔައި ދެނީ ފުރާވަރަށް އަރާފައިވާ ޔަތީމް ފިރިހެން ކުއްޖެއްގެ ވާހަކަ އެވެ.