ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޮޕްރާ ރާއްޖެއައިސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕަރިނީތީ ޗުއްޓީ ހޭދަކުރަމުން ދަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑް ރިސޯޓްގައެވެ. އެ ރިސޯޓުގައި ޕަރިނީތީ ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ ރައްޓެހިންނާއި އެކުގައި ކަމަށްވެއެވެ.
ޕަރިނީތީ އިންސްޓްގްރާމުގެ ސްޓޯރީއަ ށްވަނީ ރާއްޖޭގެ ވިލުނޫކުލައިގެ މޫދު ފެންނަ ވީޑިއޯއެއް ލާފައެވެ.
ޕަރިނީތީ އެންމެ ފުރަތަމަ ފެނިފައިވަނީ ލޭޑީސް ވާސަސް ރިކީ ބަހްލް އިންނެވެ. އެއީ 2011 ވަނަ އަހަރުގައެވެ. އޭނާއަށް ވަނީ އެ ފިލްމުން ފިލްމު ފެއާ އެވޯޑް އިން އެންމެ މޮޅު ބަތަލާގެ މަގާމު ލިބިފައެވެ. ޕަރިނީތީ ކުޅެފައިވާ ފިލްމު ތަކަށް ބަލާއިރު ހަސީތޯ ޕަސީ(2014)، ޝުދް ދޭސީ ރޮމެންސް(2013) ހިމެނެއެވެ. އެންމެ ފަހުން ޕަރިނީތީ ފެނިގެން ދިޔައީ މިދިޔަ އަހަރު ގޯލްމާލް އެގެއިން އިންނެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ނަމަސްތޭ ލަންޑަން އަދި ކޭސަރީ ހިމެނެއެވެ. އޭގެތެރެއިން ނަމަސްތޭ ލަންޑަންގެ މަސައްކަތް އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ފަށާއިރު ކޭސަރީގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕަރިނީތީ ރާއްޖެ އައިސްފައި ވީނަމަވެސް އޭނާ އެނބުރި އިންޑިއާއަށްދާނެ ދުވަހެއް ހާމަކޮށްފައެވެ.
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޕަރިނީތީ އޭނާގެ ފިލްމް "ނަމަސްތޭ ލަންޑަން" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، ވަރަށް އަވަހަށް އަކްޝޭ ކުމާރް އާއެކު އޭނާ "ކޭސަރީ"ގެ މަސައްކަތް ވެސް ފަށާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.