ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 08:20
ކުޑަކުއްޖާ ގަތް ދެމަފިރިން ވަނީ 3 އަހަރަށް ޖަލަށް ލާފަ
ކުޑަކުއްޖާ ގަތް ދެމަފިރިން ވަނީ 3 އަހަރަށް ޖަލަށް ލާފަ
ގޫގުލް
ކުޑަކުދިންނަށް އިހުމާލުވުން
ފްލައިޓް ޓިކެޓެއް ގަންނަން ދަރިފުޅު ވިއްކާލި އަންހެނަކު ޖަލަށްލައިފި
 
ދަރިފުޅު ވިއްކާލީ 166 ޔޫރޯއަށް

ރަޝިއާގައި ވިހެއުމަށް ފަހު ދަރިފުޅު ވިއްކާލި އަންހެނަކު ހަތަރު އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ހޯމަ ދުވަހު އެ އަންހެން މީހާއަށް ހަތަރު އަހަރުގެ ޖަލު ޙުކުމެއް ކޮށްފައިވާއިރު، އޭނާ އަތުން ދަރިފުޅު ގަތް ދެމަފިރިން ތިން އަހަރަށް ޖަލަށް ލުމަށް ވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވިހެއުމަށް ފަހު ދަރިފުޅު ވިއްކާލި މީހާއަކީ އުމުރުން 28 އަހަރުގެ އުޒްބަކިސްތާނަށް އުފަން އަންހެނެކެވެ. އަދި އޭނާގެ ދަރިފުޅު ވިއްކާލާފައިވަނީ ވެސް އުޒްބަކިސްތާނުގެ ދެމަފިރިއަކަށެވެ.

2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަންހެން މީހާ ވިހެއުމަށް ފަހު އޭނާގެ ދަރިފުޅު ވިއްކާލާފައިވަނީ 166 ޔޫރޯ (205 އެމެރިކާ ޑޮލަރު) އަށެވެ. އަދި ދަރިފުޅު ވިއްކާލުމަށް ފަހު އޭނާ އެ ފައިސާއިން، މެދުތެރޭ އޭޝިއާގެ ޤައުމަކަށް ދަތުރުކުރުމަށް ފްލައިޓް ޓިކެޓެއް ގަނެފައިވާ ކަން ކޯޓުގެ ތަރުޖަމާނަކު ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
0%
0%
0%
50%
ކޮމެންޓް