ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 00:18
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ
ގޫގުލް
ކެންޔާގެ ސިޔާސީ މަސްރަހު
ކެންޔާގެ ރައީސް އާއި އިދިކޮޅު ކެނޑިޑޭޓްގެ ކޯޅުމަށް ނިމުމެއް ނެތް!
ކެންޔާގައި ދެފަހަރަށް ބޭއްވި ރިޔާސީ އިންތިޚާބުވެސް ކާމިޔާބު ކުރެއްވީ ރައީސްކަމުގައި ހުންނެވި އުހުރު ކެންޔައްޓާ
ކެންޔާއަށް އިންތިޚާބަށް ފަހު ވެސް ހަމަޖެހުން އަންނަތަނެއް ނުފެނޭ
ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ، އަންގާރަ ދުވަހު ވަނީ އެގައުމުގެ "ރައްޔިތުންގެ ރައީސް" ނަމުގައި "ހުވާކުރުމުގެ ރަސްމިއްޔާތެއް" ބާއްވައި ހުވާ ކުރައްވައިފައި

ކެންޔާގައި 2017 ވަނަ އަހަރު އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ. އެކަމަކީ އެގައުމުގެ ސުޕްރީމް ކޯޓުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. ރައީސް އުހުރު ކެންޔައްޓާ ކާމިޔާބު ކުރެއްވި އިންތިޚާބު ކެންޔާގެ ސުޕްރީމް ކޯޓުން ބާތިލުކުރީ އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް ސުޕްރީމް ކޯޓުގައި ޗެލެންޖް ކުރެއްވުމާއި ގުޅިގެންނެވެ.

2017 އިގެ އޮކްޓޯބަރު ގައި ދެވަނަ ފަހަރަށް އިންތިޚާބު ބޭއްވިއެވެ. ދެވަނަ ފަހަރަށް ބޭއްވި އިންތިޚާބު މިހާރުގެ ރައީސް އުހުރު ކެންޔައްޓާ ކާމިޔާބު ކުރެއްވީ 98 ޕަސެންޓް ވޯޓާއެކުގައެވެ. އިންތިޚާބުގައި ވޯޓު ލީ ވޯޓު ލެވޭ އާބާދީގެ 38.8 ޕަސެންޓް މީހުންނެވެ. ކެންޔާގައި ދެވަނަ ފަހަރަށް ބޭއްވި އިންތިޚާބު ބާތިލުކުރަން ވެސް، އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ ރައީސް އުހުރު ކެންޔައްޓާގެ ނަތީޖާ ދަމަހައްޓާފައެވެ. ދެވަނަ ފަހަރު ބޭއްވި އިންތިޚާބު އިދިކޮޅު ކޯލިޝަނުން ވަނީ ބޮއިކޮޓް ކޮށްފައެވެ.

އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ދެމެހެއްޓުމާ އެކު ފެނިގެން ދިޔައީ އިންތިޚާބު ކާމިޔާބު ކުރެއްވި، އަދި ރައީސް ކަމުގެ މަގާމުގައި ހުންނެވި އުހުރު ކެންޔައްޓާ ރައީސްކަމުގެ ހުވާކުރެއްވި މަންޒަރެވެ.

ކަންކަން ނިއުޅެމުން ގޮސް، 2018 ގައި ފެންނަ މަންޒަަރުތަކަށް ބަލާލަމާތޯއެވެ. ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ، އަންގާރަ ދުވަހު ވަނީ އެގައުމުގެ "ރައްޔިތުންގެ ރައީސް" ނަމުގައި "ހުވާކުރުމުގެ ރަސްމިއްޔާތެއް" ބާއްވަވައި ހުވާ ކުރައްވައިފައެެވެ. ރައިލާ އޮޑިންގާއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ ބަޔަކު މިރަސްމިއްޔާތުގައި ބައިވެރިވިއިރު ސަަރުކާރުން ބުނަމުން ދިޔައީ އިދިކޮޅު ކޯލިޝަނުން ބާއްވާ ހަރަކާތަކީ "ގައުމަށް ޣައްދާރުވުމުގެ" އަމަލެއް ކަމަށެވެ. ކެންޔާގެ އޮފިޝަލުން ވަނީ "ރައްޔިތުންގެ ރައީސް" ނަމުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ޓީވީން ދެއްކުން ހުއްޓުވާފައެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ އިދިކޮޅު ލީޑަރު ގައުމުގެ "ރައީސް ކަމުގެ ހުވާ ކުރެއްވުމުން" ލިބިގެންދަނީ ނުވަތަ ހާސިލު ވަނީ ކޯޗެއްތޯއެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައިލާ އޮޑިންގާ ހެއްދެެވި ޕަބްލިކް ރިލޭޝަންސް ސްޓަންޓެއް ކަމަށެވެ.

މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބާއި ގުޅިގެން ކެންޔާ ވަނީ ވަރަށް ބޮޑަށް ބައިބައިވެފައިކަމަށެވެ. އާ އަހަރެއް ފެށިގެން ދިޔައިރުވެސް ކަންކަމަށް ހައްލެއް ލިބިގެން ދާތަނެއް ނުފެނެއެވެ. އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ކެންޔާގައި ހިނގި ހަމަނުޖެހުންތަކުގައި ވަނީ 50 ކަށް މީހުންގެ ފުރާނަ ގެއްލިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް