މިއީ މިސްރުގެ އަލް-ސަމާހާ ވިލެޖެވެ. މި ވިލެޖަކީ ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެކެވެ. ފިރިހެނުން މި ވިލެޖްގައި ދިރިއުޅުމަކީ މުޅިން މަނާ ކަމެކެވެ. މި ތަނުގައި އާބާދީގައި ތިބީ ގާތްގަނޑަކަށް 303 ހުއްސަރިބައި އަންހެނުންނެވެ.
މީހަކާ އިންނަ ހިސާބުން އެ އަންހެނަކު ވިލެޖުން ބޭރުކޮށްލައެވެ.
މިއީ މިސްރުގެ ސަރުކާރުން އިނދެ ވަރިކުރި އަންހެނުންނަށާއި ފިރި މަރުވެފައިވާ އަންހެނުންނަށް ޚާއްސަ ކޮށް ގާއިމް ކުރި ވިލެޖެއް ކަމަށް ވިލެޖްގެ ޖެނެރަލް ސްޕަވައިޒަރ ހަމްދީ އަލް-ކާޝިފް އަލް އަރަބިއްޔާ ނޫހަށް ވިލެޖާ ބެހޭ ގޮތުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ވިލެޖާ ބެހޭ ގޮތުން އިތުރަށް އޭނާ ބުނެފައިވަނީ މިތަނުގައި ދިރިއުޅޭ މީހުންނަށް ދެ ޖިންސުގެ ކުޑަކުދިން ގެންގުޅެވިދާނެ ކަމަށާއި ނަމަވެސް ބޮޑެތި ފިރިހެނުންނަށް އެއީ މުޅިން މަނާ ވިލެޖެއް ކަމުގައެވެ.
މި ވިލެޖްގައި ދިރިއުޅޭ ކޮންމެ އާއިލާ އަކަށް ގެއަކާއި 6 އޭކަރުގެ ދަނޑުބިން ދީފައިވެއެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރާނެ ސާމާނާއި ލުއި ލޯނުވެސް ސަރުކާރުން ފޯރު ކޮށްދެއެވެ. ދަނޑު ބިމުގައި އުއްދަނޑި ނޫން ކޮންމެ އެއްޗެއް ހެއްދި ދާނެއެވެ. ދަނޑުބިން ބޭނުން ކުރުމުގައި ގަވައިދާ ޚިލާފު ވެއްޖެ ނަމަ އެމީހަކަށް ގަސްކާނާ ދޫކުރުން ހުއްޓާލައެވެ. ގެދޮރު ދޫކޮށްފައިވަނީ ސަބްސިޑައިޒް ކޮށް މަހުން މަހަށް ފައިސާ ދައްކައިގެން އަގު ހަމަ ކުރާ ގޮތަށެވެ. ނަމަވެސް މީހަކާ އިންނަ ހިސާބުން ގެ އާއި ބިން އެމީހެއްގެ ކިބައިން ވަކި ކުރެއެވެ.