ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 10:46
އަނުޝްކާ ޝަރުމާ
އަނުޝްކާ ޝަރުމާ
ޓްވިޓަރ
ސުއި ދާގާ - މޭޑް އިން އިންޑިއާ
ސުއި ދާގާގެ ޝޫޓިންއަށް އަނުޝްކާ ވެސް ފަހަން ދަސްކުރަނީ
މި ފިލްމުގެ ޕްރޮޑިއުސަރަކީ މަނީޝް ޝަރުމާ
ވާހަކަ ލިޔެފައި ވަނީ ވާހަކަ  ލިޔުންތެރިޔާ ޝަރަތު ކަޓާރިޔާ

ސުއި ދާގާ - މޭޑް އިން އިންޑިއާގެ ޝޫޓިން އަށް އަނުޝްކާ ޝަރުމާ ވެސް ފަހަން ދަސްކުރަން ފަށައިފިއެވެ.

އަނުޝްކާ ފޮޓޯއެއް އެޓޭޗްކުރުމަށް ފަހު ކޮށްފައިވާ ޓްވީޓެއްގައި ފެންނަ ގޮތުން އަނުޝްކާ ފޮތިގަނޑެއްގައި ތިނޯހުން މާޖަހަން ހުންނަ މަންޒަރު ފެނެއެވެ. އޭނާ ވަނީ އެ ޓްވީޓާއިއެކު ސުއިދާގާ ފިލްމާއި ވަރުން ދަވަން ޓެގް ކޮށްފައެވެ.

ވަރުން ވެސް ވަނީ މިފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވުމަށްޓަކައި މީގެ ދެ މަސް ދުވަސްކުރިން ފަހަން ދަސްކުރަން ފަށާފައެވެ. މި ފިލްމުގައި ވަރުން ދަވަން ފެނިގެންދާނީ އާދައިގެ ފަހާ މީހެއްގެ ރޯލުންނެވެ. ސުއި ދާގާ - މޭޑް އިން އިންޑިއާ ގެ ވާހަކަ ލިޔެފައި ވަނީ ވާހަކަ  ލިޔުންތެރިޔާ ޝަރަތު ކަޓާރިޔާ އެވެ. ފިލްމު ޑައިރެކްޓް ކުރަނީ ވެސް އޭނާ އެވެ. ޕްރޮޑިއުސަރަކީ މަނީޝް ޝަރުމާ އެވެ.

ސުއި ދާގާ އަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމަކީ އިންޑިއާގެ ބައްޕަ ކަމަށް ބުނާ މަހާތުމާ ގާންދީއަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ .އަނުޝްކާ މިހާރު ޝޫޓް ކުރަމުންދާ ފިލްމަކީ ޝާހުރުކް ޚާންއާއި އެކު ފެނިގެންދާ ފިލްމު ޒީރޯއިންނެވެ. އެފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ސުއި ދާގާ - މޭޑް އިން އިންޑިއާގެ ޝޫޓިން އަނުޝްކާއާއި ވަރުން  ފަށާނެއެވެ.

- ކޮމެންޓް