ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 10:43
ދީޕިކާއާއި ކެޓްރީނާ
ދީޕިކާއާއި ކެޓްރީނާ
ގޫގުލް
ކެޓްރީނާ- ދީޕިކާ
ކައިވެންޏަށް ކެޓްރީނާއަކަށް ނުކިޔާނަން: ދީޕިކާ
 
ދީޕިކާގެ ކައިވެނި މިއަހަރުގެ ތެރޭގައި އޮންނާނެ ކަމަށް ޚަބަރުތައް ބުނޭ

އޭނާގެ ކައިވެންޏަށް ކެޓްރީނާ ކައިފް އަށް ދައުވަތު ނުދޭނެ ކަމަށް ދީޕިކާ ޕަދުކޯން ބުނެފިއެވެ.

ދާދިފަހުން ބޭއްވި ބީއެފްއެފް ވޯގް ކިޔާ ޝޯއެއްގައި ޝޯގެ ހޯސްޓް ނެހާ ދޫޕިއާ ދީޕިކާ ކައިރިން އޭނާގެ ކައިވެންޏަށް ކެޓްރީނާއަށް ދައުވަތު ދޭނަން ހޭ އެހުމުން އޭނާ ބުނެފައިވަނީ ދައުވަތު ނުދޭނެ ކަމަށެވެ.

ދީޕިކާ ކެޓްރީނާ ދެކެ ރުޅި އައީ އޭނާ ރަންބީރު ކަޕޫރާއި ރައްޓެހިވެގެން ހުއްޓާ ކެޓްރީނާ އެދެމީހުންގެ ދޭތެރެއަށް ވަން ހިސާބުންނެވެ. ދީޕިކާއާއި ރައްޓެހިވެގެން ހުރެ ކުއްލިއަކަށް ރުޅިވެ ކެޓްރީނާއާއި ގުޅުނު ހިސާބުން އެދެމީހުންގެ ކޯޅުން ފެށުނެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ދެމީހުން ވެސް މީޑިއާއަށް ދީފައިވާ އިންޓަވިއުތަކުގައި ދެމީހުން ދެމީހުންނަށް ވަނީ ތައުރީފު ކޮށްފައެވެ. އޭގެތެރެއިން ފިލްމު ރާބްތާގައި ދީޕިކާ ފެނިގެން ދިޔަ ޚާއްސަ ލަވައާއި ބެހޭގޮތުން ކެޓްރީނާ ދެކެނީ ކިހިނެތްތޯ އެހުމުން ބުނެފައިވަނީ އެލަވައިގައި އޭނާގެ ވަރަށް ފުރިހަމަ ހުނަރެއް ފެނިގެން ދިޔަ ކަމަށެވެ. ހަމަ އެހެންމެ ކޭންސް 2017ގެ ޕްރެސް މީޓްގައި ދީޕިކާ ކައިރިން ކެޓްރީނާ އާއި މެދު ދެކެނީ ކިހިނެތްތޯ އެހުމުން އޭނާ ބުނެފައިވަނީ ކެޓްރީނާގެ މަސައްކަތް ކަމުދާ ކަމަށެވެ.

ދެމީހުން ދެމީހުންނަށް ތައުރީފު ކުރި ކަމުގައި ވިއަސް ދީޕިކާގެ ހިތް ކެޓްރީނާއާއި މެދު ހެޔޮ ނޫން ކަމަށް އެދެމީހުންގެ ފޭނުން ދަނީ ބުނަމުންނެވެ.

ރަންބީރު މީގެ ކުރިން 2011 ވަނަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދީޕިކާއާއި ރައްޓެހިވެގެން އުޅެމުން ކެޓްރީނާއާއި އެކީ ލޯބީގެ ގުޅުމެއް އޮތް ކަމަށެވެ. އަދި އޭނާ އަށް ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން މިހާރު ވިސްނިއްޖެ ކަމަށާއި އެކަން އެހެންވީ ތަޖުރިބާ މަދުކަމުން ކަމަށް ވަނީ ބުނެފައެވެ.

ކައިވެންޏަށް ކެޓްރީނާ އަށް ދައުވަތު ނުދޭނެ ކަމަށް ބުނެފައިވާއިރު ދީޕިކާގެ މިހާރުގެ ލޯބިވެރިޔާ ރަންވީރު ސިންހާއި އެކު މިއަހަރުގެ ތެރޭގައި ކައިވެނިކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
50%
0%
50%
ކޮމެންޓް