ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 21:29
އެމެރިކާގެ ރައީސް ޓްރަމްޕް - ޓްވިޓަރ ބޭނުން ކުރައްވަނީ "ފޭކް ނިއުސް" ގިނަ ކަމުން ކަމަށް ވިދާޅުވޭ
އެމެރިކާގެ ރައީސް ޓްރަމްޕް - ޓްވިޓަރ ބޭނުން ކުރައްވަނީ "ފޭކް ނިއުސް" ގިނަ ކަމުން ކަމަށް ވިދާޅުވޭ
ރޮއިޓަރސް
ރައީސް ޓްރަމްޕް
އެނދުގައި އޮވެގެން ވެސް ޓްވީޓް ކުރަން: ރައީސް ޓްރަމްޕް
 
ްޓްރަމްޕްގެ ޓްވިޓަރ ފޮލޯވަރުންގެ އަދަދަކީ 47.2 މިލިއަން

ރައީސް ޓްރަމްޕް އަކީ ޓްވިޓަރ އަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަވާ ބޭފުޅެއްކަން ވެރިކަމަށް ވަޑައިގަތީއްސުރެ މީހުން ފާހަގަ ކުރެއެވެ.

އެމެރިކާ ސަރުކާރުގެ މުހިންމު ކިތައްމެ ސިޔާސަތެއް އާއްމުންނާ ހަމައަށް އައިސްފައިވަނީ ރައީސް ޓްރަމްޕް ކުރައްވާ ޓްވީޓް ތަކުންނެވެ. ޓްވީޓް މެދުވެރި ކޮށް ރައީސް ޓްރަމްޕް ހާމަ ކުރައްވަނީ ސަރުކާރުގެ ރަސްމީ ސިޔާސަތު އެކަންޏެއް ނޫނެވެ. ދޭދޭ ގައުމުތަކާ މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތާއި، ދުނިޔޭގެ މުހިންމު ކަންކަމާ މެދު އެމަނިކުފާނުގެ ޚިޔާލު ހުރި ގޮތްވެސް ފާޅު ކުރައްވަން ބޭނުންފުޅު ކުރައްވާތަން ފެންނަނީ ޓްވިޓަރ އެވެ. މީގެ އިތުރުން ސިޔާސީ ވާދަވެރިންނަށް ފޮނުއްވާ ހަމަލާތަކުގައިވެސް އެންމެ ބޮޑަށް ބޭނުން ކުރައްވަނީ ޓްވިޓަރ އެވެ.

ކަން މިހެން ހުރުމުގެ ނަތީޖާ އަކީ ރައީސް ޓްރަމްޕްގެ ޓްވިޓަރ ފޮލޯ ކުރާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވުމެވެ. ޖަނަވަރީ 28 އާ ހަމަ އަށް ޓްރަމްޕްގެ ޓްވިޓަރ ފޮލޯވަރުންގެ އަދަދަކީ 47.2 މިލިއަންއެވެ.

ރައީސް ޓްރަމްޕް ވަނީ ޓްވިޓަރ އެހާބޮޑަށް ބޭނުންފުޅު ކުރައްވާ ސަބަބާ ބެހޭ ގޮތުން އައިޓީވީ އަށް ވަރަށް ފަހުން ދެއްވި އިންޓަވިއު އެއްގައި އަލި އަޅުއްވާލައްވާފައެވެ. މެއިންސްޓްރީމް މީޑިއާ "ފޭކް ނިއުސް" ގެ ގޮތުގައި ތަކުރާރު ކޮށް ސިފަ ކުރައްވާ ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ފޭކް ނިއުސްގެ ޒަމާނެއްގައި އާއްމުންނަށް އެއްޗެހި ވިދާޅުވާން އެންމެ ރަނގަޅު ގޮތަކީ މިއީ އެވެ.

އާދިއްތަ ދުވަހު ބްރޯޑްކާސްޓް ކުރި މި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ:

"އެ ފަދަ މުވަސަލަތީ ވަސީލަތެއް ނެތް ނަމަ އަމިއްލަ އަށް ދިފާއު އެއް ނުވެވޭނެ، އެތައް ބައިވަރު ފޭކް ނިއުސް ލިބޭ، ގިނަ ޚަބަރު ތަކަކީ ފޭކް ނިއުސް، ނޫނީ އަމިއްލަ އަށް ހަދާފައި ހުންނަ ވާހަކަތައް" ކަމުގައެވެ.

އާއްމުންނަށް ކުރައްވާނެ ޓްވީޓަކާ ބެހޭ ގޮތުން ފިކުރުފުޅު ހިންގަވަނީ ފޯނު ހިތްޕަވައިގެން އެނދުމަތީގައި އޮންނަވައިގެންތޯ އައިޓީވީގެ ފަރާތުން ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، ބައެއް ފަހަރު އެނދުގައި އޮންނަވައިގެން ޓްވީޓް ކުރައްވާ ކަމަށާއި، ބައެއް ފަހަރު ހެނދުނުގެ ނާސްތާ ކުރައްވަމުން ޓްވީޓް ކުރައްވާ ކަމަށާއި ނުވަތަ މެންދުރު ފަރީއްކުޅުވާ ގަޑީގައިވެސް ޓްވީޓް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ އެންމެ ހެނދުނުގެ ވަގުތުގައާއި، ހަވީރުގެ ވަގުތު ބޭނުންފުޅު ކަމެއް ކުރެއްވޭ ކަމަށާއި އެކަމަކު ދުވާލުގެ އެހެން ވަގުތު ތަކުގައި އުޅުއްވަނީ ވަރައް ބިޒީ ކޮށް ކަމުގައެވެ.

ޓްރަމްޕް ވިދާޅުވީ ބައެއް ފަހަރު އަވަސް ޑްރާފްޓެއް ހައްދާވާލެއްވުމަށް ފަހު ޓްވީޓް ކޮށްލަން އެހީތެރި އަކަށްވެސް ހަވާލު ކޮށްލައްވާ ކަމަށެވެ.

ކޯކް އާއި ބާރގަރ ފަރީއްކުޅުވުމަށް ޝައުގުވެރިވެ ވަޑައިގަންނަވަނީ ކީއްވެތޯ ސުވާލު ދެންނެވުމުން ޓްރަމްޕް ވިދާޅުވީ، އޭނާ އާއްމު ގޮތެއްގައި ފަރިއްކުޅުވަނީ ހަމަ ވަރަށް ރަނގަޅު ކާބޯތަކެތި ކަމަށެވެ.

"އަހަރެން ކަނީ ވަރަށް ރަނގަޅު އެއްޗެހި، ދުނިޔޭގެ އެންމެ މޮޅު ޝެފުން ތައްޔާރު ކުރާ ސިއްހީ ގޮތުން ރަނގަޅު ކާނާ، އެކަމަކު ތިބުނާ ކަހަލަ އެއްޗެހި ވެސް ބައެއް ފަހަރު ކަން" ޓްރަމްޕް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
100%
0%
ކޮމެންޓް