ޖަސްޓިން ބީބާ އާ އަލްބަމެއް އުފައްދާތީވެ އޭނާއަށް އާދީއްތަ ދުވަހު ބޭއްވި ގްރެމީއެވޯޑަށް ހާޒިރު ނުވެވުނެވެ.
ގްރެމީ އެވޯޑަކީ ލަވަކިޔުމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ޓީއެމްޒެޑް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖަސްޓިން ބީބާ އުޅެނީ އޭނާގެ އާ އަލްބަމްގެ މަސައްކަތައިގެން އަވަދި ނެތިއެވެ.
ޖަސްޓިންބީބާގެ ލަވައެއް ކަމަށްވާ ޑިސްޕަސީތޯ ވަނީ މިއަހަރުގެ ގްރެމީ އެވޯޑްސްއަށް ސޯންގް އޮފްދަ އިޔާ އަދި ރެކޯޑް އޮފްދަ އިޔާއަށް ނޮމިނޭޓް ވެފައެވެ. އެހެން ނަމަވެސް އޭނާ އަށް އެވޯޑެއް ލިބިފައެއް ނުވެއެވެ. ސޯންގް އޮފްދަ އިޔާ އެވޯޑް ލިބުނީ ބުރޫނޯ މާސްއަށެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ޖަސްޓިން ބީބާ ގްރެމީ އެވޯޑްސް ގައި ބައިވެރި ނުވީ އޭނާގެ އަލްބަމަށް ދޭންޖެހޭ ސަމާލުކަން ނުދެވިދާނެތީއެވެ. އޭނާއަށް ގްރެމީ އެވޯޑަށް ވުރެ މިފަހަރު އޭނާގެ އަލްބަމް މުހިއްމުވީ އެހެންވެގެންކަމަށް ވަނީ އަޑުތައް ފެރުރިފައެވެ..
ޖަސްޓިން ބީބާ ވަނީ ދާދިފަހުން އޭނާގެ މަންމަ އާއި އެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އޭނާ އާއި އޭނާގެ މަންމަ ޗުއްޓީ ހޭދަކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ލަނޑާ ގިރާވަރުގައެވެ. ޚަބަރުތައް ބުނާ ގޮތުގައި ޖަސްޓިން ބީބާގެ މި އާ އަލްބަމްގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމާލާނެއެވެ.