ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 11:10
ސާރާ އަލީ ޚާން
ސާރާ އަލީ ޚާން
ގޫގުލް
ސާރާ އަލީ ޚާން
ސުޕަ 30 ގެ ބަތަލާއަކަށް ސާރާ
ރިތިކް ރޯޝަން ބޭނުންވަނީ އޭނާއާއި އެކު ލީޑު ރޯލުން ސާރާ ފެނުމަށް
ސާރާ މި ފިލްމަށް އާނއެކޭ ބުނެފިކަމުގައި ވާނަމަ ސުޕަރ30 ވެގެންދާނީ އޭނާގެ ދެވަނަ ފިލްމަށް

މަޝްހޫރު މެތަމެޓިޝަން ކަމަށްވާ އާނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ސުޕަ 30 ގެ ޝޫޓިން ވަނީ މިދިޔަ ހަފްތާގައި ފަށާފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސިނަމާތަކަށް އަންނާނެ ކަމަށް އިއުލާންކޮށްފައިވާ ސުޕަ30 ގެ ލީޑު ރޯލުން ފެންނާނެ އަންހެން ބަތަލާއަކު އަދި ނަގާފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ލީޑު ރޯލުން ފެންނާނެ އަންހެން ބަތަލާއަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާންއެވެ. މި ފިލްމުގައި ސާރާ ބައިވެރި ކުރުވުމަށް ފިލްމުގެ ޑައިރެކްޓަރ ކަމަށްވާ ވިކާލް ބަލްއާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް އެނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގައި އާނަންދު ކުމާރުގެ ރޯލު އަދާކުރާ ރިތިކް ރޯޝަން ބޭނުންވަނީ އޭނާއާއި އެކު ލީޑު ރޯލުން ސާރާ ފެނުމަށެވެ. ސާރާ މި ފިލްމަށް އާނއެކޭ ބުނެފިކަމުގައި ވާނަމަ ސުޕަރ30 ވެގެންދާނީ އޭނާގެ ދެވަނަ ފިލްމަށެވެ. ޑައިރެކްޓަރު އަޝޫތޯޝް ގޮވަރިކަރްގެ ފިލްމެއް ވެސް ސާރާ އަށް ދޭން ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރިތިކް އެ ފިލްމު ކުޅެން އާނއެކޭ ބުނީ ވަރަށް ވިސްނުމަށް ފަހުގައި ކަމަށް  މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ. ރިތިކް އޭނާގެ ކެރިއަރުގައި މީހެއްގެ ހަޔާތުގެ މައްޗަށް ކުޅޭ ފުރަތަމަ ފިލްމަށް އާއެކޭ ބުނީ އޭނާ އަށް އެ ފިލްމު މޮޅަށް ކުޅެވޭނެ ކަން ޔަގީންވުމުން ކަމަށެވެ. އާނަންދު ބުނެފައިވަނީ އޭނާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުން އޭނާގެ ރޯލު ރިތިކް ކުޅުމަކީ ވަރަށް އުފާވާ ކަމެއްކަމަށެވެ. އަދި އޭނާގެ ރޯލަށް ރިތިކް ވަރުގެ މީހަކު އޭނާއަށް ނުފެނުނު ކަމަށާއި ރިތިކް އޭނާގެ ރޯލު ވަރަށް މޮޅަށް އަދާކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ޑައިރެކްޓަރ ވިކާލް ބަލް އާއި މެދު ޝައްކެއް ނެތް ކަމަށާއި އޭނާ އުފައްދާނެ ފިލްމަކީ ފުރިހަމަ ފިލްމެއް ކަމަށް ދެކޭކަމަށް އާނަންދު ވަނީ ބުނެފައެވެ.

- ކޮމެންޓް