މީގެ 5 އަހަރު ކުރިން ނެރުނު ސްޓޫޑެންޓް އޮފް ދަ އިޔާގެ ފްރަންޗައިޒް ސްޓޫޑެންޓް އޮފް ދަ އިޔާ2 ރިލީޒް ކުރާނީ އަންނަ ނޮވެމްބަރުމަހުގައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.
ކަރަން ޖޯހަރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސްޓޫޑެންޓް އޮފް ދައިޔާ2 ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 23 ގައި ކަމަށެވެ.
ކަރަން މިގޮތަށް ޓްވީޓު ކޮށްފައިވާއިރު މި ފިލްމުގެ ލީޑު ރޯލުން ފެންނާނެ ކަމަށް ކަށަވަރު ވެފައިވަނީ ހަމައެކަނި ޓައިގާ ޝްރޮފްއެވެ. އެހެން ނަމަވެސް ފިލްމުގެ ބަތަލާއިންނަކީ ކޮންބައެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން ސްޓޫޑެންޓް އޮފްދަ އިޔާ އިން ފެންނާނެ ކަމަށް މީގެ ކުރިން ވަނީ ޗަންކީ ޕާންޑޭގެ ދަރި އަނަންނިޔާ ޕާންޑޭ ކަމަށް އަޑު ފެތުރިފައިވެއެވެ. ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ ލީޑް އެކްޓްރެސްއެއްގެ ރޯލުން ފެނިގެން ދަނީ އެމްއެސް ދޯނީ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ދިޝާ ޕަޓާނީ ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުން ދަނީ ފިލްމްގެ ލީޑުގެ އެކްޓްރެސްއެއްގެ ރޯލުން ފެނިގެން ދަނީ ސްޕަސްޓާ ސައިފް އަލީ ހާންގެ އަންހެން ދަރި ސާރާ އަލީ ހާން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ދިޝާ ބުނެފައިވަނީ ސާރާ އާއި އޭނާއާ ބެހޭ ގޮތުން މީޑިއާތަކުގައި ގެނެސްދީފައި ހުންނަ ހުނަރުތައް އޭނާ ވެސް ކިޔާ ކަމަށެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމެއްގައި ސާރާއާ އޭނާއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އޭނާ ވަރަށް "ހުތުރު" ކަމެއް ކަމަށް ދިޝާ ވަނީ ބުނެފައެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ އެއް ބަތަލާއަކީ ޓައިގާގެ ލޯބިވެރިޔާ އަދި ބަތަލާ ޑިޝާ ޕަޓްނީ އެވެ. އެހެން ނަމަވެސް މީގެއިން އެއްވެސް މީހެއް ސްޓޫޑެންޓް އޮފްދަ އިޔާއިން ފެންނާނެ ކަމަށް އަދި ކަށަވަރު ނުވެއެވެ.
ސްޓޫޑެންޓް އޮފްދަ އިޔާ 2 ގެ ފުރަތަމަ ފެނިލުން ވަނީ ދައްކާލާފައެވެ. އޭގެއިން ފެންނަނީ ޓައިގާ ޝްރޮފް ސައިކަލެއްގެ މަތީގައި އޮއްވައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޕޫނިޓް މަލޯތުރާއެވެ.
މީގެ ފަސް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 19 ވަނަ ދުވަހު ނުކުތް ކަރަން ޖޯހަރުގެ ފިލްމުން ކުޅަދާނަ ތިން އާ ފަންނާނުން ބޮލީވުޑަށް ތައާރަފްވިއެވެ. އެއީ އާލިއާ ބަޓް، ސިދާތު މަލްހޯތުރާ އަދި ވަރުން ދަވަން އެވެ. ސިދާތް މަލްހަތްރާ އާލިއާ ބަޓް އަދި ވަރުން ދަވަން އަކީ މިހާރު ބޮލީވުޑްގެ ވެސް އެންމެ ކާމިޔާބު ތިން ފަންނާނުންނެވެ.