ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 10:54
ޕަދްމާވަތުގެ މަންޒަރެއް
ޕަދްމާވަތުގެ މަންޒަރެއް
ޔޫޓިއުބް
ޕަދްމާވަތު
ޕަދްމާވަތަށް 100 ކުރޯޑް އިންޑިއަން ރުޕީސް
 
ފިލްމު އެމެރިކާގައި އަޅުވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައި
 
ޕަދްމާވަތުގެ ލީޑު ރޯލުން ފެނިގެންދަނީ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް
 
ފިލްމު އެޅުވި ފުރަތަމަ ދުވަހު ލިބިފައިވަނީ 4.25 ކުރޯޑް ރުޕީސް

ހަމަނުޖެހުންތަކާއިއެކު މިމަހުގެ 25 ވަނަ ދުވަހު ސިނަމާތަކަށް އައި ސަންޖޭ ލީލާ ބަންސާލީގެ ޕަދްމާވަތަށް 100 ކުރޯޑް އިންޑިއަން ރުޕީސް ލިބިއްޖެއެވެ.

މިފިލްމު އެޅުވިތާ ހަތަރު ދުވަހުން 100 ކުރޯޑް އިންޑިއަން ރުޕީސް އަށް އެރުމުން މިފިލްމު ބޮލީވުޑްގެ މަދުފިލްމުތަކަށް ލިބުނު 500 ކުރޯޑް އިންޑިއަން ރުޕީސްއަށް އެރުމަކީ އެކަށީގެންވާކަމެއް ކަމަށް އެނަލިސްޓުން ދަނީ ބުނަމުންނެވެ.

ފިލްމު އެޅުވި ފުރަތަމަ ދުވަހު ލިބިފައިވަނީ 4.25 ކުރޯޑް ރުޕީސްއެވެ. ދެވަނަ ދުވަހު 17.75 ކުރޯޑް ރުޕީސް ލިބިފައިވާއިރު ތިންވަނަ ދުވަހު ލިބިފައިވަނީ 31 ކުރޯޑް އިންޑިއަން ރުޕީސްއެވެ.

އަދި ހަމައެއާއެކު ހޮނިހިރު ދުވަހު 27.50 ކުރޯޑް ރުޕީސްއާއި އެކު ޕަދްމާވަތަށް ވަނީ 80 ކުރޯޑް ރުޕީސް ލިބިފައެވެ. އާދީއްތަ ދުވަހުގެ އާމްދަނީއާއިއެކު ފިލްމަށް ވަނީ 100 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ޕަދްމާވަތުގެ ލީޑު ރޯލުން ފެނިގެން ދަނީ ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް އެވެ.

މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގުބޮޑުފިލްމު ކަމަށްވާ ޕަދްމާވަތު އުފައްދަން 200 ކުރޯޑް އިންޑިއަން ރުޕީސް(31 މިލިއަން ޑޮލަރު) ވަނީ ހޭދަކޮށްފައެވެ. މި ފިލްމު އަޅުވަން މީގެ ކުރިން ޝެޑިއުލްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ގައެވެ. އެހެން ނަމަވެސް ފިލްމު ލަސްވީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސަރޓިފިކޭޝަނުން ފިލްމު ފާސް ކޮށްދިނުން ލަސްކުރުމުގެ ސަބަބުންނެވެ. ފިލްމު އެމެރިކާގައި އަޅުވާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް