ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 23:28
ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި
ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި
ލަގްޒަރީލޯންޗަސް.ކޮމް
ރަން އަނގޮޓި
ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި އެނގޭތަ؟
އަނގޮޓީގެ މިހާރުގެ އަގަކީ 3 މިލިއަން ޑޮލަރު

ދުނިޔޭގެ އެންމެ ބޮޑު ރަން އޮނގޮޓިއަކީ 21 ކެރަޓްގެ ރަނުން ހަދާފައިވާ ބަރުދަނުގައި 64 ކިލޯ ހުންނަ އަނގޮޓިއެކެވެ. މި އަނގޮޓީގައި 5.1 ކިލޯ ގްރާމްގެ އަގު ބޮޑު އަލިމަހާއި އެކި ބާވަތުގެ އެސްތައް ޖަހާފައި ހުރެއެވެ.

މި އަނގޮޓި ހެދީ 2000 ވަނަ އަހަރު ރަނުގެ އަގު ވަރަށް ބޮޑަށް ދުނިޔޭގެ ބާޒާރުގައި ދަށަށް ދިޔަ ދަނޑިވަޅެއްގައެވެ. އޭރު ރަނުގެ އަގު ހުރީ އައުންސެއް 250 ޑޮލަރަށެވެ. އަނގޮޓިއަށް އޭރު ޚަރަދުވީ 547،000 ޑޮލަރެވެ. އެކަމަކު މިހާރުގެ އަގުން ބަލައިފި ނަމަ އޭގެ އަގު 3 މިލިއަން ޑޮލަރު އަރައެވެ. މިހާރު ރަނުގެ އައުންސެއްގެ އަގު ވަނީ 1497.5 ޑޮލަރަށް އަރާފައެވެ.

މި އަނގޮޓި އުފެއްދުމަށް އަތްކަންކުރާ 55 މީހުން ދުވާލަކު 10 ގަޑީއިރުގެ މަގުން 45 ދުވަސް ވަންދެން މަސައްކަތް ކުރިއެވެ.

ނަޖްމަތް ތާއިބާގެ ނަމުން ނަންދީފައިވާ މި އަނގޮޓީގެ ވެރިފަރާތަކީ ޑުބާއީގެ ކުންފުންޏެއް ކަމަށްވާ ތާއިބާ އެވެ.

އަންނަ ފެބްރުއަރީ މަހު އާއްމުންނަށް ދައްކާލުމަށް ޑުބާއީގެ ސަހާރާ ސެންޓަރުގައި މި އަނގޮޓި ބެހެއްޓުމަށް ވަނީ ހަމަޖެފިފައެވެ. އެ ކުންފުނިން ބުނީ މުޅި މަސްދުވަހު އަނގޮޓި އެ ސެންޓަރުގައި އާންމުންނަށް ދައްކާލުމަށް ބަހައްޓާނެ ކަމަށެވެ.

ވަށަ މިނުގައި 2200 މިލިމީޓަރު ހުންނަ މި އަނގޮޓި، ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓީގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް ގައި ވަނީ ރެކޯޑް ކުރެވިފައެވެ.

- ކޮމެންޓް
29 ޖެނުއަރީ 2018 | ހޯމަ 00:03
އެގޮލާ
ކަލޯ ކޮން އިގިއްޔަކު ތިޔަ އަގޮޓި އެޅޭނީ
28 ޖެނުއަރީ 2018 | އާދީއްތަ 23:42
ނައީމް
ފާތުމަ އަތުގައި އޮންނާނެ ތީގެ އަނގޮޓިއެއް