ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 01:01
އެހެން ރަށްތަކުގެ މީހުންނަން ދޫކޮށްފައިވާ ގޯތިތަކުގެ ، ވަށާފާރުގައި ރައްޔިތުންގެ ކަންބުޑުވުންތަށް ލިޔެފައި
އެހެން ރަށްތަކުގެ މީހުންނަން ދޫކޮށްފައިވާ ގޯތިތަކުގެ ، ވަށާފާރުގައި ރައްޔިތުންގެ ކަންބުޑުވުންތަށް ލިޔެފައި
ރާއްޖެއެމްވީ
ލ.ގަން
ސަރުކާރުން ގަމު ރައްޔިތުން ގުނބޯ ހައްދާފައި، ރައްޔިތުންގެ ތުހުމަތުގެ އިނގިލި ކައުންސިލަށް
ކައުންސިލުން ދޭ ޖަވާބާއި ސަރުކާރުންދޭ ޖަވާބެއް ދިމާއެއް ނުވޭ
ދެހާހުގެ އަހަރުތަކުގެ ތެރޭގައި ދޫކޮށްފައިވާ ގޯތި ތަކުގެ މައްސަލަ ބަނީ
ޑިސެންބަރު މަހުގެ ދޫކުރަން ބުނި ގޯތިތައް އަދިވެސް ދޫނުކުރޭ

ހައްދުންމަތީ ގަމަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބިން ބޮޑު ރަށެއެވެ. އެއީ 596 ހެކްޓަރުގެ ބޮޑު ރަށެކެވެ. އެއީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބިން ބޮޑު ރަށެވެ. އާބީދާގައި ގާތްގަނޑަށް 48,00 އަށް ވުރެ ގިނަ މީހުން ގަމުގެ ތިން އަވަށުގައި ދިރިއުޅެއެވެ. ތުނޑި ، މަތިމަރަދޫ ، މުކުރިމަގުގެ ކޮންމެ ރައްޔިތެއް ވެސް އެއްކަމަކާ ހަމަ ޔަގީންނުންވެސް ފަހުރުވެރިވާނެވެ. އެއީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް އުފަން ރައްޔިތުންތަކަވުމުނެވެ. އެހެން ނަމަވެސް ގަމު ރައްޔިތުންނަން ގަމުގެ ފަސްގަނޑުން ބިންކޮޅެއް ނެތެއެވެ. ދިގު މިނުގައި 18 ކިލޯ މީޓަރ ހުންނަ ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ ދެހާހުގެ ކުރީ ކޮޅުގައެވެ. އެ ދުވަހުން ފެށިގެން ގަމު ރައްޔިތުން ގޯތި ދޫކޮށްދިނުމަށް އެދި ދަނީ އާދޭސް ކުރަމުންނެވެ. ނިމިދިޔަ ދެ ސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުން ވެސް އެ ރަށުން ގޯތި ދޫކުރާނެ ކަމުގެ ފޮނި އުންމީދު ރައްޔިތުންނަށް ދެއްކިއެވެ. ނަމަވެސް އެއީ ނަތީޖާއެއް ނެތް، ހިތި އުންމީދެކެވެ. ކޮންމެ ސަރުކާރަކުން ވެސް ގޯތި ދޫކުރާނެ ކަމަށް ބުނެ ރައްޔިތުން ގުބޯ ހައްދީއެވެ. ރައްޔިތުންގެ ތުހުމަތު އިނގިލި ކައުންސިލަށް އަމާޒުވާއިރު، ކައުންސިލުން ދޭ ޖަވާބާއި ސަރުކާރުންދޭ ޖަވާބެއް ދިމާއެއް ނުވެއެވެ.

ކޮންމެއަކަސް ގަމުން ގޯތި ދޫނުކުރާ މައްސަލާގެ ވާހަކަ ދައްކަން ފަށާނީ ކިހާ ހިސާބަކުންތޯއެވެ. އެރަށު ދުވަސްވީ މީހެއް ކައިރީގައި ގޯތި ދޫނުކުރާ މައްސަލާގައި ވާހަކަ ދައްކާލުމުންދޭ ޖަވާބަކީ ގަމަކީ ކުރިންސުރެ ގާނޫނާއި ހިލާފަށް ގޯތި ދޫކުރުމާއި، ގޯތި ވިއްކުމުގެ ސަގާފަތެއް އޮތް ރަށެއް ކަމަށެވެ. މިއީ ގައުމުގެ ކަމޮށިވެގެންވާ މީހުންނަން ބުނާ ބަދުބަހެއް ނޫނެވެ. މިވާހަކަ ދައްކަންޖެހެނީ މިއަދު ގޯތި ދޫނުކުރުމަށް ސަރުކާރުން ދައްކާ ބަހަނާގެ ގޮތުނެވެ.

ލ.ގަން 

1998 ވަނަ އަހަރު ރައީސް މައުމޫންގެ ވެރި ކަމުގައި ގަމުގެ ސިނާއީ ސަރަހައްދުން ޖުމްލަ 540 އަށްވުރެ ގިނަ ގޯތި ވަނީ ދޫކޮށްފައެވެ. މާލޭގެ ކަމޮށިވެގެންވާ މީހުންނަށާއި، ބައެއް ވިޔަފާރި ވެރިންންގެ އިތުރުން ކުރީގެ މިނިސްޓަރުންގެ ގޯތިތަކެއެވެ. ނަމަވެސް ގޯތިތަކުގައި އިމާރާތެއް ކޮށްފައެއް ނުވެއެވެ. އެކަމާ ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުނެވެ. އެ ގޯތިތަކުގެ ފާރުތަކަށް ބަލާލުމުން އެކަން އެނގޭނެއެވެ.

ކޮންމެއަކަސް މިއަދު ގަމުން ގޯތި ދޫކުރެވެން އަންނަނީ 1998 ވަނަ އަހަރުގައި ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަ ބެލުމަށް ފަހު ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފައެވެ. ކައުންސިލުން އެކަމަށް ހެކިވާނެއެވެ. ހައުސިންގް މިނިސްޓްރީގެ ވަފުދެއް ގާނޫނީ ވަކީލުންނާއި އެކު ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރ މަސްތެރޭގައި ވަނީ ގަމަށް ގޮސް ގޯތިތަކުގެ މައްސަލަ ބަލަންފަށާފައެވެ.

"މިދިއަ ކައުންސިލްގެ ދައުރުގައި އެ ވަނީ އެއް އަހަރުގެ މުއްދަތެއް ދީފައި ، ގޯތީގައި އިމާރަތް ކުރަން ، އެކަން ނުކޮށްފިނަމަ ، ގޯތިތައް ނަގާނެ ކަމަށް، ގާނޫނީ ގޮތުން ގޯތިތަށް ނެގުމަކީ މައްސަލައެއް ނޫން، އެކަމަކު ރާއްޖޭގެ އެއްވެސް ރަށެއްގައި އެގޮތަށް ގޯތި ދޫކޮށްފައި ނުވާތީ ، ހައުސިންމިނިސްޓްރީގެ ހުއްދަ ލިބިގެން އެކަން އެގޮތަށް ވަނީ،" ގަމު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވިއެވެ.

 
ލ.ގަން 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހު ގަމު ކައުންސިލުން ބުނީ ގަމުން ގޯތި ދޫކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ހައުސިންގް މިނިސްޓްރީގެ ވަފުދެއް އެރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ހައުސިންގް މިނިސްޓްރީގެ ވަފުދުން ސާފު ކުރަންޖެހޭ މައުލޫމާތުތައް ސާފު ކުރުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގޯތި ދޫކުރުވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ކައުންސިލުން އެ ވިދާޅުވާ ޑިސެމްބަރު މަހެއް ނާދެއެވެ. މިހެން ބުނަން ޖެހެނީ ސަބަބެއް ނެތިގެނެން ނޫނެވެ. ގަމު ރައްޔިތުން އެކަމަށް ފެންބޮވައި ގަނެފައި ތިބި ކަމެއްގެ މައުލޫމާތު ހައުސިންގް މިނިސްޓްރީން ވެސް، ކައުންސިލުން ވެސް މައުލޫމާތު ހިއްސާ ނުކުރާތީއެވެ. ރައްޔިތުން ގުނބޯ ހައްދާތީއެވެ.

ގަމު ކައުންސިލް މެމްބަރު މުހައްމަދު ސުނިލް ވިދާޅުވީ ގަމުން ގޯތި ދޫކުރާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި 200 ގޯތި ދޫކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ސުނިލް ވިދާޅުވިއެވެ.

ސުވާލަކީ ގަމުން ގޯތި ދޫނުކުރަންވީ ކީއްވެގެންތޯއެވެ. ކައުންސިލުންގެ ބާރުވެރިކަން ނިގުޅާއިގަތުމުގެ ފައިދާ ސަރުކާރުން ނަގަނީތޯއެވެ. ކައުންސިލުރުންގެ ރޫހަކީ އެބޭފުޅުން ވިދާޅުވާ ގޮތުގައި ގަމުން ގޯތި ދޫކުރުމެއެވެ. އެހެންކަމަށްވާނަމަ ސިނާއީ ސަރަހައްދުގައި ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަ ސަރުކާރުން ބަލާނީ ކަމަށް ބުނެ ބަހަނާ ދައްކާނީއެވެ. ފަހުރުގައި މިއަދު ގަމުން ގޯތި ދޫކުރަން ބިން ނެތީއެވެ.

 

ލ. ގަމު ކައުންސިލް 

ސުނާމީ ކާރިސާ އާއި ގުޅިގެން ލ އަތޮޅު މުންޑޫ އަދި ލައިޅައިދޫ މީހުންނަން ވަނީ ގަމަށް ބަދަލުކޮށްފައެއެވެ. ގަމިގެ ބިމުން ބޮޑު ސަރަހައްދެއްގައި އެ ދެ އަތޮޅު މީހުންގެ ގެތަށް އަޅާފައިވާއިރު، ކުރީގެ ކައުންސިލުންތަކުން ވަނީ ގަމުގެ ބޮޑުބައެއް ފަތުރުވެރި ކަމަށާއި ވިޔަފާރީގެ ބޭނުންމަށް ކުއްޔަށް ދޫކޮށްފައެވެ. އެހެންކަމަށްވާނަމަ ގަމުން ގޯތި ދޫކުރަން އެކަށީގެންވާ ބިން ނެތީއެވެ. މުސްތަގުބަލަށް ވިސްނާފައެވެ. މައްސަލައެއް ނެތެއެވެ. މިއަދު ކޮންމެވެސް އެއްގޮތަކަށް ނިންމަން އެބަޖެއެވެ. ގަވައިދާ ހިލާފަތް ސިނާއީ ސަރަހައްދުގައި ދޫކޮށްފައިވާ ގޯތިތަކުގެ މައްސަލަ ބެލުމަށް ފަހު ، ދައުލަތަށް އެ ބިންތަށް ނަގަންވީއެއްނުންތޯ؟ އެގޯތިތަށް ނަގާފައި ވެސް ގޯތި ދޫކުރަންވީއެއްނުންތޯ؟  ގޯތި ދޫކުރާނަމޭ، އަންނަ މަހުގައިއޭ، ކިޔާ ރައްޔިތުން ގުނބޯ ހައްދާނެ ކަމެއް ނެތެއެވެ. ކައުންސިލުން ވެސް ސަރުކާރަށް އާދޭސް ދެއްނެވުމުން ހުއްޓަންލާންވީއެވެ. ރައްޔިތިންނާއެކު ގޮތް ނިންމަން އަމަލީ ގޮތުން ނުކުންނަންވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް