ކ. މާލެ
|
7 މެއި 2018 | ހޯމަ 13:18
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޑރ. މަޖީދު (ކ) ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޑރ. މަޖީދު (ކ) ބައިވެރިވެވަޑައިގަންނަވަނީ
ފާތިމަތު ޝަނާ މުހައްމަދު
ފަލަސުރުހީ
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅާގެ ކުފޫ ހަމަވާކަމަށް ގަބޫލު ނުކުރަން: ޑރ މަޖީދު
އިސްލާހީ މަސައްކަތެއް ނުހުއްޓޭނެ
އިދިކޮޅު ފަރާތްތަކުން ތިބީ ސާބިތުކަމާ އެކު
ޝައިޚް އިމްރާން ޖަލަށް ލެވުނީ ރޭވިގެން ކުރިންވެސް އެނގޭ

މިވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ފަރާތަކީ ވެރިކަން ކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ބޭފުޅެއް ކަަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްވަމުން، ޑރ މަޖީދު ވިދާޅުވީ، ސަރުކާރަށް މިއަދު ބަލާއިރު ފެންނަނީ ވަރަށް ބޮޑަށް އެކަހެރިވެފައިވާ މަންޒަރު ކަމަށާއި އަމިއްލަ ޕާޓީ ތެރޭގައިވެސް ބައިބައިވެފައިވާ މަންޒަރު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންކަން ވަމުންދަނީ ރައީސް ޔާމީން ހީފުޅުކުރައްވާ ގޮތަށް ނޫން ކަަމަށާއި އެކަންކަން ދިވެހި ރައްޔިތުން ވަރަށް ގާތުން ބަލަމުންދާ ކަމަށް މަޖީދު ވިދާޅުވި އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް، ކަންކަން ކުރައްވަމުންދާ އިރު ދިވެހި ރައްޔިތުން ތިބީ މިކަންކަން ނުފެންނަ ކަންކަމަށް ހަދައިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިފަދަ ކަންކަމުގައި ހިޔާލުފާޅު ކުރުމުން، ދިރިއުޅުމަށް ދަތިވެ، ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަމުންދިއުމުގެ ސަބަބުން މިކަންކަމުގައި އެންމެ އެކަށީގެންވާ އަދަދަށް ރައްޔިތުން ޝާމިލުވާ މަންޒަރު ނުފެންނަނީ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖީދު ވިދާޅުވީ، ޕާޓީތަކުގެ އިސް ފަރާތްތަކުން ތިބީކީ ފަސް ޖެހޭކަށް ނޫން ކަމަށާއި ކުރާ މަސައްކަތް މިހާރުވެސް ކާމިޔާބުވަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

" ބޮޑެތި ކަންތައްތައް ކާމިޔާބު ވާނީ އުނދަގުލުން. އަދި އެކަމަށް ދުވަސްވެސް ނަގާނެ. ކާމިޔާބު އަދި ވާނެ. އަނިޔާވެރިކަން ދެމިއެއް ނޯންނާނެ. އެއީ ޔަގީން ކަމެއް. ރައީސް ޔާމިން އެޖައްސަވާ ހިސާބު މުޅިން ގޯސް" މަޖީދު ވިދާޅުވި އެވެ.

މަޖީދު ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނު އަބްދުﷲ ޖަލައް ލާފައިވަނީ އެއްވެސް ހާލެއްގައި ޓެރަރިޒަމްގެ އަމަލެއް ހިންގަވައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެކަން ކުރެއްވީ، ސިޔާސީ މަގްސަދުތަކެއް ހާސިލު ކުރުމަށްކަން މާ ކުރިންވެސް އެނގިވަޑައިގަންނަވާކަަމަށެވެ. އެހެން ކަމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިކަން މިގޮތަށް ހާމަކުރެއްވުމުން އެއްވެސް ވަރަކަށް ހައިރާންވެވަޑައިނުގަންނަވާކަމަށް މަޖީދު ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް