ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 10:35
ބަޖްރަންގީ ބައިޖާންގެ ޕޯސްޓަރ
ބަޖްރަންގީ ބައިޖާންގެ ޕޯސްޓަރ
ގެޓީ އިމޭޖަސް
ބަޖްރަންގީ ބައިޖާންްް
ބަޖްރަންގީ ބައިޖާން ވެސް ޗައިނާގެ ސްކްރީނަށް
މި ފިލްމު ޗައިނާގެ މާކެޓަށް ވަރަށް އަވަހަށް އަންނާނެ
ޗައިނާގެ މާކެޓުގައި އާމިރު ޚާންގެ ފިލްމުތަކަށް ތަރުހީބު ބޮޑު

އާމިރު ޚާންގެ "ޑަންގަލް" ޗައިނާގައި އަޅުވައި ރަނގަޅު އާމްދަނީއެއް ވަނީ ލިބިފައެވެ. އަދި އާމިރުގެ "ސީކްރެޓް ސުޕަރސްޓާ" އަށް ވެސް ވަނީ އިންޑިއާގައި އެ ފިލްމަށް ލިބުނު އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީއެއް، އެ ފިލްމު ޗައިނާގައި ދެއްކި ފުރަތަމަ ދެދުވަހު އެކަނި ވެސް ލިބިފައެވެ. ޗައިނާގައި ފިލްމަށް ލިބުނު ކާމިޔާބީގެ އިތުރުން މި ފިލްމު ވަނީ ޗައިނާގައި ރިކޯޑެއް ވެސް ޤާއިމްކޮށްފައެވެ. އެގޮތުން ޗައިނާގެ ބާޒާރުގައި ފުރަތަމަ ދުވަހު އެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ މަޤާމު އެ ފިލްމު ވަނީ ހޯދާފައެވެ.

ޗައިނާ ވެފައި ވަނީ ބޮލީވުޑްގެ ފިލްމު ހަދާ ފަރާތްތަކަށް ރަނގަޅު މާކެޓަކަށެވެ. ޚަބަރުތައް ބުނާ ގޮތުގައި ބަޖްރަންގީ ބައިޖާން ޗައިނާގައި އަޅުވާނީ ސީކްރެޓް ސުޕަސްޓާއަށް ފަހުގައެވެ. 

ބަޖްރަންގީ ބައިޖާން ޗައިނާގައި އެޅުވުމުގެ އެންމެ ފަހުގެ މަސައްކަތް ސަލްމާން ޚާން މިހާރު ދަނީ ކުރަމުންނެވެ. ޗައިނާގައި އެ ފިލްމު އަޅުވަން މަސައްކަތް ކުރުމާއެކީ އެ ފިލްމަށް ޗައިނާގެ މީހުން މިވަނީ އާ ނަމެއް ވެސް ހަދާފައެވެ. ޗައިނާ މީހުން "ބަޖިރަންގީ ބައިޖާން" އަށް ކިޔާފައިވާ ނަމަކީ "ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އެވެ.

"ލިޓްލް ލޮލިތާ މަންކީ ގޯޑް އަންކަލް" އަކީ "ބަޖްރަންގީ ބައިޖާން" ނަމުގެ ތަރުޖަމާއެއް ކަމަށް ބެލެވެއެވެ. "މަންކީ ގޯޑް އަންކަލް" އަކީ ޗައިނާ މީހުން ތަރުޖަމާ އިން "ބަޖްރަންގީ" އެވެ. "ބައިޖާން" ގެ މާނައަކީ ބޭބެއެވެ. މި ފިލްމުގައި މުންނީގެ ރޯލު އަދާކުރަނީ ހަރްޝާލީއެވެ. މިފިލްމުގައި ސަލްމާން އަދާކުރަނީ ބަޖްރަންގީގެ ރޯލެވެ. އެހެން ނަމަވެސް މުންނީގެ ބައި ކުޅޭ ހަރްޝާލީ ސަލްމާނަށް ކިޔަނީ މާމާ (އަންކަލް) އެވެ. އަދި ލިޓްލް ލޮލީތާއަކީ ޗައިނާ މީހުން ކުޑަ ކުޑަ އަންހެން ކުދިންނަށް ލޯބިން ކިޔާ އުޅޭ ނަމެކެވެ.

މި ފިލްމު އުފައްދާފައި ވަނީ 80 ކްރޯޑް އިންޑިއަން ރުޕީސްގެ ބަޖެޓަކުންނެވެ. އމްދަނީގެ ގޮތުގައި މިހާތަނަށް މި ފިލްމަށް ލިބިފައި ވަނީ 630.86 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި 159 މިނިޓްގެ މި ފިލްމު ޗައިނާގައި އެޅުވުމުން މިހާރު މިފިލްމަށް ލިބިފައިވާ އަދަދަށްވުރެ ދެގުނަ ފައިދާގެ ގޮތުގައި ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

"ބަޖްރަންގީ ބައިޖާން" ޑައިރެކްޓް ކޮށްފައި ވަނީ ކަބީރު ޚާންއެވެ. ފިލްމުގެ ލީޑް ކާސްޓުންގެ ތެރޭގައި ސަލްމާން ޚާނާއި ހަރްޝާލީގެ އިތުރުން ފެނިގެންދަނީ ކަރީނާ ކަޕޫރާއި ނަވާޒުއްދީން ސިއްދީގީއެވެ.

- ކޮމެންޓް