ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 10:43
ޓޮމް ޕެޓީ
ޓޮމް ޕެޓީ
ގެޓީ އިމޭޖަސް
ޓޮމް ޕެޓީ
ޓޮމް ޕެޓީ މަރުވީ އޯވަޑޯޒްވެގެން
ޓޮމް ޕެޓީ މަރުވެފައި ވަނީ އުމުރުން 66 އަހަރުގައި
ޓޮމް ޕެޓީ މަރުވީ މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު

މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މަރުވި މަޝްހޫރު ރޮކް ސްޓާ އަދި އެކްޓަރ ޓޮމް ޕެޓީ މަރުވީ އޯވަޑޯޒް ވެގެން ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

ޓޮމް ޕެޓީ މަރުވެފައި ވަނީ ހިތް ހުއްޓިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ރޮކް ސްޓާ މަރުވުމާ ގުޅިގެން ނެރެފައިވާ ސްޓޭޓްމަންޓެއްގައި މީގެ ކުރިން ވަނީ ބުނެފައެވެ.

ޓޮމް ޕެޓީ މަރުވިގޮތް ތަހުލީލުކުރުމަށް ފަހު އާންމުކުރި ބަޔާނާ ހަވާލާދީ އޭނާގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ޕެއިން ކިލާސް މެޑިކޭޝަން" ގިނަ އަދަދަކަށް ބޭނުންކުރި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އާއިލާ އިން ބުނެފައި ވަނީ ޓޮމް ޕެޓީއަކީ ކުރިން ވެސް އުނަގަނޑުގައި ރިއްސާތީ އުޅޭ މީހެއް ކަމަށާއި އުނަގަނޑުގެ ކަށީގައި ރެނދުލާފައިވާ ކަމަށް ޑޮކްޓަރުން މީގެ ކުރިން ބުނެފައިވާ ކަމަށެވެ. އަދި އުނަގަނޑުގައި ރިއްސާތީ އޭނާ މާގިނަ އިން ބޭސް ބޭނުންކުރީ ކަމަށް ބެލެވޭ ކަމަށް ޓޮމް ޕެޓީގެ އާއިލާ އިން ނެރެފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ.

ޓޮމް ޕެޓީ މަރުވެފައިވާއިރު އުމުރަކީ 66 އަހަރެވެ. އޭނާ މަރުވުމާ ގުޅިގެން މަޝްހޫރު މިއުޒީޝަން ޖެކް އެންޓޮނޮފް ބުނެފައި ވަނީ ޓޮމް ޕެޓީގެ މަސައްކަތަށް އޭނާ ލޯބިކުރާ ކަމަށާއި އޭނާ ދަސްކޮށްދީފައިވާ ކަންތައްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

ޓޮމް ޕެރީ މަރުވިއިރު ދުނިޔޭގައި ދެ ކުދިން އެބަތިއްބެއެވެ. އެއީ އާލް ޕެޓީ އަދި ކިޓީ ޕެޓީއެވެ.

- ކޮމެންޓް