ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 10:12
ޖަމަލު ފެއާގައި ޖަމަލުގެ ބުރަކަށީގައި ކުރަހާފައި
ޖަމަލު ފެއާގައި ޖަމަލުގެ ބުރަކަށީގައި ކުރަހާފައި
ޓްވިޓަރ
ޖަަމަލު ފެއާ
ޖަމަލަށް ވެސް ސްޓައިލިސްޓެއް ލިބިއްޖެ
 
ތައި ކުރަހާފައިވާ ޖަމަލުތަކަށް އެ ފެއާއަށް ޒިޔާރަތްކުރި ފަރާތްތަކުން ވަނީ ތައުރީފު ކޮށްފައި
 
މިއީ މި ފެއާ ބާއްވާ 15 ވަނަ އަހަރު

އަންނަ ފެބްރުއަރީ މަހުގެ 1 އާ ހަމައަށް ކުރިއަށްގެންދާ ކިންގް އަބްދުލްޢަޒީޒް ޖަމަލު ފެއާގައި އެންމެ އަޅައިގަތް ކަމަކީ ޖަމަލުތައް ރީތިކުރުމަށް ކޮށްފައިވާ މަސައްކަތެވެ.

ކުރެހުންތެރިއެއް ކަމަށްވާ ތިލޯކް ތައި ވަނީ މި ފެސްޓިވަލުގައި ބައިވެރިވި ޖަމަލުތަކުގެ ސްޓައިލް ތަފާތު ގޮތްތަކަށް ކުރަހާފައެވެ. އެގޮތުން އޭނާ ވަނީ ޖަމަލުތަކުގެ ކެހެރިތައް ތަފާތު ގޮތްގޮތަށް ޑިޒައިންކޮށްފައެވެ. ޑިޒައިންކުރުމަށް ޖަމަލުގެ ކެހެރިތައް ތުނިކޮށް ކޮށާލުމަށް ފަހު އޭނާ ބޭނުންވާ ޑިޒައިނަށް ގަލަމުން ކުރަހާލަނީއެވެ.

ތަރި ކުރަހާފައިވާ ޖަމަލުތަކަށް އެ ފެއާއަށް ޒިޔާރަތްކުރި ފަރާތްތަކުން ވަނީ ތައުރީފު ކޮށްފައެވެ.

މި ފެއާ ފަށާފައި ވަނީ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގައެވެ. ޖަމަލު ފެއާގައި 26،000 ޖަމަލު ވަނީ ބައިވެރިކޮށްފައެވެ. މި ފެއާގެ އެކި ހަރާތްތަކުގެ އިނާމްތަކަށް 113 މިލިއަން ސައުދީ ރިޔާލު ވަނީ ހުށައަޅާފައެވެ. މިއީ މި ފެއާ ބާއްވާ 15 ވަނަ އަހަރެވެ.

 

Caption
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
50%
50%
0%
0%
0%
0%
ކޮމެންޓް