ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 10:09
ޕެޑްމޭންގެ ޕޯސްޓަރ
ޕެޑްމޭންގެ ޕޯސްޓަރ
އިންސްޓަގްރާމް
ޕެޑްމޭން
ޕެޑްމޭން ސިނަމާތަކަށް އަންނާނެ ދުވަސް ލަސްކޮފި
ފިލްމު ލަސްކުރީ ފިލްމު މިމަހުގެ 25 ވަނަ ދުވަހު "ޕަދްމަވާތު" ރިލީޒްކުރާތީ
ޕެޑްމޭންގައި އަރޫނާޗަލަމް މުރުގަނަންތަމްގެ ރޯލު ކުޅެފައި ވަނީ އަކްޝޭ ކުމާރު

ހެޔޮ އަގުގައި އަންހެން ވެރިންނަށް ޕެޑް ފޯރުކޮށްދިނުމުގެ މަގްސަދުގައި ޕެޑް ހަދާ މެޝިނެއް އުފެއްދި އަރޫނާޗަލަމް މުރުގަނަންތަމްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު ޕެޑްމޭން ނެރުން ލަސްކޮށްފިއެވެ.

ކުރިން ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ މަހުގެ 25 އަށެވެ. އެހެން ނަމަވެސް ފެބްރުއަރީ 9 އަކަށް މިހާރު ވަނީ ލަސްކޮށްލާފައެވެ.މި ފިލްމު ލަސްކުރީ ފިލްމު މިމަހުގެ 25 ވަނަ ދުވަހު ޕަދްމަވާތު ރިލީޒްކުރާތީ ދެ ފިލްމު "ކްލޭޝް" ވާތީއެވެ.

"ޕެޑްމޭން" ލަސްވިކަން އަކްޝޭ ވަނީ އޭނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި ބުނެފައެވެ.

"ޕެޑްމޭން" ގައި އަރޫނާޗަލަމް މުރުގަނަންތަމްގެ ރޯލު ކުޅެފައި ވަނީ އަކްޝޭ ކުމާރެވެ.

މިހާތަނަށް މި ފިލްމުގެ ދެތިން ޕޯސްޓަރ ވަނީ އާންމު ކޮށްފައެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ އަކްޝޭގެ އިތުރުން ސޯނަމް ކަޕޫރު އަދި ރާދިކާ އަޕްޓޭއެވެ. އަދި މީގެ އިތުރުން އަމީތާބު ބައްޗަން ފިލްމުގެ ޚާއްސަ ރޯލަކުން ފެނިގެންދާނެއެވެ. މި ފިލްމަކީ ގޯރީ ޝިންޑޭއާ އެކު އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ އާރު ބަލްކީއެވެ.

ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ޝޫޓް ކޮށްފައި ވަނީ އިންޑިއާގެ ދިއްލީގައެވެ. އަކްޝޭ މީގެ ކުރިން ކުޅެފައިވާ ފިލްމަކީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ. އެފިލްމަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. "ޕެޑްމޭން" އަކީ ވެސް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެކެވެ.

- ކޮމެންޓް