ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 10:19
ފޯޓީ ޕްލަސްގެ ޕޯސްޓަރ
ފޯޓީ ޕްލަސްގެ ޕޯސްޓަރ
ފޭސްބުކް
ފޯޓީ ޕްލަސް
ފޯޓީ ޕްލަސްގެ ޝޫޓިން ނިންމާލުމަށް ފަހު ޓީމް މާލެ އަތުވެއްޖެ
މި ފިލްމުގެ ޝޫޓިންއަށް ތ. ބުރުނީ އަށް ފުރާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު
ބާކީ އޮތީ ފިލްމުގެ ލަވައިގެ މަސައްކަތް
މިއީ މިދިޔަ އަހަރު ރިލީޒްކުރި ނޯޓީ 40 ގެ ދެވަނަ ބައި

"40 ޕްލަސް"ގެ ޝޫޓިން ނިންމާލުމަށް ފަހު ޓީމް އާދީއްތަ ދުވަހުގެ ހަވީރު މާލެ އަތުވެއްޖެއެވެ.

މި ފިލްމުގެ ޝޫޓިން އަށް ތ. ބުރުނީ އަށް ފިލްމް ކްރޫ ފުރާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ. ފިލްމުގެ ޝޫޓިން ފެށީ ޑިސެމްބަރު 23 ގައެވެ.

ފިލްމުގެ ޝޫޓިންއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ ބުރުނީގެ ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ.  

ކުރިން ޔޫއްޕެ ބުނެފައި ވަނީ ފިލްމުގެ ޝޫޓިން 25 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ޔޫއްޕެ ބުނީ ކަނޑައެޅި ދުވަހަށް ނުނިމުނީ މޫސުމް ތަންނުދިނުމުގެ ސަބަބުން ޝޫޓިން އަށް ބުރޫތަކެއް އެރުމުގެ ސަބަބުން ކަމަށެވެ. އަދި 28 ދުވަސްތެރޭގައި ފިލްމުގެ ޝޫޓިން ނިމިފައިވާ ކަމަށާއި ދެން ބާކީ އޮތީ ފިލްމުގެ ލަވައިގެ މަސައްކަތް ކަމަށެވެ. ލަވަތައް މާލެ، ހުޅުމާލޭގައި އަވަސް މުސްތަގުބަލެއްގައި ނަގާނެ ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުން ފެނިގެންދަނީ ޔޫއްޕެގެ އިތުރުން ޢަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހުމަދު ސައީދު، ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަހުމަދު މަނިކު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ" އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ ވެސް "40 ޕްލަސް" ގައި ހަރަކާތްތެރިވާނެއެވެ.

މިއީ މިދިޔަ އަހަރު ރިލީޒްކުރި "ނޯޓީ 40" ގެ ދެވަނަ ބައެވެ.

- ކޮމެންޓް