ކ. މާލެ
|
21 ޖެނުއަރީ 2018 | އާދީއްތަ 20:32
ސީކްރެޓް ސުޕަރސްޓާގެ މައިގަނޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާ އާމިރު ޚާނާއި ޒައިރާ ވަސީމް
ސީކްރެޓް ސުޕަރސްޓާގެ މައިގަނޑު ދެ ކެރެކްޓަރގެ ރޯލުން ފެނިގެންދާ އާމިރު ޚާނާއި ޒައިރާ ވަސީމް
ދަ ނިއު އިންޑިއަން އެކްސްޕްރެސް
އާމިރު ޚާން
ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ
މި ފިލްމަށް ޗައިނާގައި ދެ ދުވަހުން 17 މިލިއަން ޑޮލަރު ލިބިފައިވޭ

އާމިރް ޚާންގެ އެންމެ ފަހުގެ ފިލްމު، "ސީކްރެޓް ސުޕަރސްޓާ"، ރިލީޒް ކުރީއްސުރެ އިންޑިއާގައި އެ ފިލްމަށް ލިބުނު އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީއެއް، އެ ފިލްމު ޗައިނާގައި ދެއްކި ފުރަތަމަ ދެދުވަހު ލިބިއްޖެއެވެ.

އާމިރު ޚާންއަށް ބޮޑު ތާޢީދެއް އޮންނަ ޗައިނާގައި ނިމިގެންދިޔަ ހަފްތާ ބަންދުގައި މި ފިލްމު ރިލީޒްކޮށް، ދައްކާފައިވާއި، ހުކުރު އަދި ހޮނިހިރު ދުވަހު ފިލްމަށް ވަނީ ޖުމްލަ 17.35 މިލިއަން ޑޮލަރު (110.7 ކްރޯރް އިންޑިއަން ރުޕީޒް) ގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މި ފިލްމު ރިލީޒް ކުރީއްސުރެ މިހާތަނަށް އިންޑިއާގައި މި ފިލްމަށް ލިބިފައި ވަނީ 12.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 80 ކްރޯރް އިންޑިއަން ރުޕީޒް) އެވެ.

މި ފިލްމުގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 40 މިލިއަން ޑޮލަރު (258 ކްރޯރް އިންޑިއަން ރުޕީޒް) އަށް އަރާފައެވެ. މި ފިލްމު އުފެއްދުމަށް ޚަރަދުކޮށްފައި ވަނީ 2.3 މިލިއަން ޑޮލަރު (15 ކްރޯރް އިންޑިއަން ރުޕީޒް) އެވެ.

ޗައިނާގައި ފިލްމަށް ލިބުނު ކާމިޔާބީގެ އިތުރުން މި ފިލްމު ވަނީ ޗައިނާގައި ރިކޯޑެއް ވެސް ޤާއިމްކޮށްފައެވެ. އެގޮތުން ޗައިނާގެ ބާޒާރުގައި ފުރަތަމަ ދުވަހު އެ ފިލްމަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ މަޤާމު އެ ފިލްމު ވަނީ ހޯދާފައެވެ.

"ސީކްރެޓް ސުޕަރސްޓާ"ގެ ކުރިން އާމިރު ޚާން ނެރުނު "ޑަންގަލް" އަށް ވެސް ޗައިނާގައި ބޮޑު ކާމިޔާބެއް ލިބިފައިވާއިރު، އެ ފިލްމަށް ޗައިނާ އިން އެކަނި ވެސް މިހާތަނަށް ވަނީ 200 މިލިއަން ޑޮލަރު ލިބިފައެވެ.

- ކޮމެންޓް