ކ. މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ހޮނިހިރު ދުވަހުގެ ރޭ "ރާއްޖެ އެމްވީ"އަށް ވިދާޅުވީ މަރުވެފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނަލް ސާރވިސްގެ އޮފިޝަލް ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް ކަރެކްޝަނަލް ސާރވިސް ހާމައެއް ނުކުރެ އެވެ.
މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ހ ރެދަން އަހުމަދު އިރުޝާދެވެ.