ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ރިސޯޓުތަކަށް އަރައި، ވިޔަފާރި ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސްއިން ކުރާ މަސައްކަތްތަކާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެއްވުމެއް ބޭއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ، ޕާޓީތަކުގެ މައި ޖަގަހަ ގޮތުގައި ބޭނުންކުރަމުން އަންނަ މ. ކުނޫޒުންނެވެ. މި އެއްވުމަކީ ޓުވަރިޒަމް ފުނޑާލާ ރައްޔިތުންގެ މުދާ ފޭރުމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ބާއްވާ އެއްވުމެއް ކަމަށް ޕާޓީތަކުން ބުނެ އެވެ.
Tourism fudaala Rayyithunge mudhaa feyrumaa dhekolhah adu ufulumah mirey (20/1) 9:00 ah Kunooz ah vadaigendhevvun edhen.#RayyithungeBadhalu
— PPM Official (@ppm_official) January 20, 2018
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ހަވީރުވެސް އެއްވުމެއް ކުރިއަށްގެންގޮސްފައިވާއިރު، ރާއްޖޭގެ ބައެއް ރަށްރަށުގައި މިއަދު (ހޮނިހިރު ދުވަހު) ވެސް މުޒާހަރާތަކާއި އެއްވުންތައް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ޤާސިމް އިބްރާހިމްގެ އުފަން ރަށް މާމިގިލީގައިވެސް ވަނީ މުޒާހަރާ ކުރިއަށް ގެންގޮސްފަ އެވެ.