ތ. އަތޮޅު އޮޅުގިރި ފަޅުތެރެއިން ކިނބުލެއް ފެނިއްޖެއެވެ.
އޮޅުގިރި ފަޅުތެރެއިން ހޮނިހިރު ދުވަހު ކިނބޫ ފެނިފައި ވަނީ އެ އަތޮޅު ވިލިފުށީ މީހަކަށެވެ. އޭނާއަށް ކިނބޫ ފެނުމުން ފުލުހުންނަން ރިޕޯޓް ކުރުމުން މިހާރު އެ ސަރަހައްދުގައި ފުލުހުންދާނީ ހަރަކާތެރިވަމުންވެ.
ވިލިފުށިން ރާއްޖެއެމްވީއާއި ވާހަކަ ދެއްކި މީހަކު ބުނީ އޮޅުގިރި ފަޅުތެރެއިން ކިނބޫ ހިފުމަށް ފުލުހުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަޅުތެރެއިން ކިނބޫ ފެނުން ނަމަވެސް އެއީ ކިތައް ފޫޓް ދިގުމިނުގެ ކިނބުލެއް ކަމެއް ނޭނގެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.