މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފި އެވެ.
ޔާމީންގެ އިތުރުން އެ ބޯޑުގެ އެހެން މެމްބަރެއް ކަމަށްވާ ފަރުހާދު ދާއޫދު ވެސް ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ބުނެފައެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ރާއްޖެ އެމްވީއަށް ވިދާޅުވީ އެބަދަލަކީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގެންނެވި ބަދަލެއް ކަމަށާއި އަންނަ އާދީއްތަ ދުވަހު އެމަޤާމްތަކަށް ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށެވެ.
މިބޭފުޅުން ވަކިކޮށްފައިމިވަނީ ރައީސް ޔާމީންގެ ކެމްޕޭން ޓީމުގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ މެދުގައި މަޤާމްތަކަށް ހިފާ ކަމާއި މަޤާމްތައް ހޯދުމަށް އެކި ކެމްޕޭން ޓީމުތަކުގެ ބައެއް ވެރިން މަސައްކަތް ކުރަމުންދާ ކަމަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.