ޤާނޫނާއި ޚިލާފަށް މެމްބަރުންނާއި އިދިކޮޅު ފަރާތްތައް ޖަލަށް ލައި، މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށާއި، މިއީ އިންތިޚާބުގެ އަހަރަކަށް ސަރުކާރުން ރާއްޖެ ގެންދަން ޖެހޭ ގޮތް ނޫން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކޮށްފައިވާތާ 6 މަސްވެފައިވާތީ، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ މަދަނީ އަދި ސިޔާސީ ހައްޤުތައް ލިބިދޭން ޖެހޭނެ ކަމަށާއި، އެހައްޤުތައް ގެއްލިފައިވާ ފަރާތްތަކަށް އަހައްޤުތައް އިއާދަކުރެވެން ޖެހޭނެ ކަމަށެވެ.
6 months today since the arbitrary detention of MP Faris Maumoon. MPs unlawfully detained, dismissed from Parliament & Opposition jailed. This cannot be the way the Govt plans to take the Maldives into an election year. Civil & political rights must be restored & upheld for all.
— Mohamed Nasheed (@MohamedNasheed) January 18, 2018
ރިޝްވަތުގެ ތުހުމަތުގައި މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައިވާއިރު، ފާރިސް ބަންދު ކުރިތާ 180 ދުވަސް ވުމާއި ގުޅިގެން އާދިއްތަ ދުވަހު ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ ފާރިސްއަށް ލިބެމުންދާ އަނިޔާގެ ފަހަތުގައި ތިބި ފަރާތްތަކަށް އެކަމުގެ އަދަބު ދާދި އަވަހަށް ލިބޭނެ ކަމަށެވެ.
މުއްދަތެއް ނެތް ގޮތަށް ފާރިސް ބަންދުކޮށްފައިވާއިރު، އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިތާ މަސްތަކެއްވަނީ ވެފައެވެ. އެހެން ނަމަވެސް މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.