2018 އަކީ ރާއްޖޭ ޑިމޮކްރަސީގެ ހަޔާތުގައި ބޮޑު އަހަރެއް ކަމުގައި ވެގެންދާނެ ކަމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވެއްޖެއެވެ.
ސަފީރު ޑޯރިސް މިހެން ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ އިސް އޮފިޝަލުންނާ އެކު އެމަނިކުފާނު ސްރީލަންކާގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. ޑޯރިސްގެ ޓްވީޓުގައި އެމަނިކުފާނު ވިދާޅުވީ، 2018 ގައި ރާއްޖޭގެ އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ފަދަ ގޮތަކަށް ކަންކަން ތަރުތީބުވެގެންދާ ކަމަށް ވިދާޅުވެ ރާއްޖޭގޭ އިދިކޮޅު ފާޓީތަކުގެ ބޭފުޅުން ކަންބޮޑުވުންފާޅު ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ދިއުން ހުއްޓުވާފައިވާ ކަމުގެ ކަންބޮޑުވުންވެސް ރާއްޖޭގެ އިދިކޮޅު ޕާޓީތަކުގެ އޮފިޝަލުން ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
2018 will be a big year for #democracy in #Maldives !
— James Dauris (@JamesDauris) January 18, 2018
Today members of all Maldives opposition parties shared concerns with me that this year’s presidential elections aren’t shaping up to be free or fair and that parliament is being stopped from working as the people need it to. pic.twitter.com/74jriKQL1D
ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ހަލަބޮލިވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާތީ، އެ މެމްބަރުންގެ ގޮނޑީގެ ސައްހަކަމާ ގުޅޭ ގޮތުން ސާފު ނިންމުމެއް ނެރެދެއްވުމަށް އެދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.