ކ. މާލެ
|
18 ޖެނުއަރީ 2018 | ބުރާސްފަތި 11:47
ސޫރްމާގެ ޕޯސްޓަރ
ސޫރްމާގެ ޕޯސްޓަރ
ގެޓީ އިމޭޖަސް
ދިޖިލްތު ދޯސަންޖް
އުމުރުގައި އެއްވެސް ކުޅިވަރެއް ހޮކީ ނޫނީ ނުކުޅެން: ދިޖިލްތު ދޯސަންޖް
ސޫރްމާ ގައި ފެނިގެންދަނީ ދޯސަންޖުގެ އިތުރުން ތާޕްސީ ޕައްނޫ
ތާޕްސީ އަދާކުރަނީ މި ފިލްމުގައި ދިޖިލްތު ދޯޖަސަންގެ ލޯބިވެރިޔާގެ ރޯލު
މި ފިލްމު ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު

އުމުރުގައި މިހާތަނަށް ހޮކީ ނޫނީ އެއްވެސް ކުޅިވަރެއް ނުކުޅޭ ކަމަށް "ސޫރްމާ" ގެ ތަރި ދިޖިލްތު ދޯސަންޖު ބުނެފިއެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ހޮކީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސަންދީޕް ސިންގްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "ސޫރްމާ"ގައި ފެނިގެންދަނީ ދޯސަންޖުގެ އިތުރުން ތާޕްސީ ޕައްނޫއެވެ.

ދިޖިލްތު ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ހޮކީއަކީ ވަރަށް އުނދަގޫ ކުޅިވަރެއް ކަމަށެވެ. އޭނާ އެކްޓްކުރަން ފެށިތާ ދެވަނަ އަހަރު އޭނާއަށް މީހެއްގެ ބައޮޕިކްއަށް ފިލްމު ކުޅެން ލިބުމަކީ ކުރިއެރުމެއް ކަމަށް ދިޖިލްތު ސިފަ ކުރެއެވެ. އޭނާ ބުނީ އެކަމާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

ދިޖިލްތު ބުނީ ކާމިޔާބު މީހަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ތާޕްސީ އަދާކުރަނީ މި ފިލްމުގައި ދިޖިލްތު ދޯޖަސަންގެ ލޯބިވެރިޔާގެ ރޯލެވެ.

ތާޕްސީ އާއި ދިލްޖިތު ވަނީ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ހޮކީ ކުޅުމަށް ތަމްރީނުތަކެއް ވެސް ހަދާފައެވެ. ތާޕްސީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ ސަންދީޕްގެ ހަޔާތުގެ މައްޗަށް ކުޅޭ މި ފިލްމަށް އޭނާ އާނ ބަސް ބުނީ ވަރަށް އުފަލުން ކަމަށާއި އޭނާގެ ހަޔާތުގައި ކުޅިވަރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ އޭނާ އިންޑިއާ އިން އެންމެ ގަޔާވާ ސަރަހައްދު ކަމަށްވާ ޕަންޖާބުގައި ކަމަށް ތާޕްސީ ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާއަށް ލިބުނު ތަމްރީނުގެ ސަބަބުން ހޮކީ ކުޅެން ވަރަށް ރަނގަޅަށް ދަސްވެފައިވާ ކަމަށާއި ޝޫޓިން ނިންމާލުމަށް ފަހު ލިބޭ ހުސްވަގުތުތަކުގައި އޭނާ ހޮކީ ކުޅޭނެ ކަމަށް ތާޕްސީ ބުނެފައި ވެއެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުގައެވެ.

- ކޮމެންޓް