ސްކޫލްތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ސްކޫލްތަކުގައި މިހަފްތާގެ ދެދުވަހު ހިނގި ނުރައްކާތެރި މާރާމާރީތަކަށް އިޝާރާތް ކުރައްވާ ޢަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްކޫލް ތަކުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވޭނީ މީގެކުރިން ތައާރަފްކޮށްފައިވާ ގޮތައް ސްކޫލްތަކަށް ޚާއްޞަ ފުލުސް އޮފިސަރުންގެ ޚިދުމަތް އަލުން ފަށައި ސްކޫލްތަކާއި ގުޅިގެން ހޭލުންތެރިކަމުގެ މަސައްކަތްތަކެއް ދެމެހެއްޓެނިވި ގޮތުގައި ކުރެވިގެން ކަމަށެވެ. އަދި ފުލުހުންގެ މިސްރާބު ބަދަލު ކުރަން ޖެހޭ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
School thakuga hingaa jinaaeekuhthah huhtuveynee meegekurin tha aarafkuri school Liason Police officers ge khidhumaiy alunfashaa schoolthakaai gulhigen preventive masahkaiythakeh dhemehehtenivi gothehgai kurevigen. Fuluhunge misraabu badhalukuranjehey! https://t.co/uXRrpmgPlH
— Abdulla Riyaz MP (@riyazabdulla) January 17, 2018
ރިޔާޒް މިހެން ވިދާޅުވެފައިވާއިރު މިހާރުވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނާއި މީރާއާއި ބޭންކް ފަދަ ފައިސާގެ މުއާމަލާތް ހިންގާ ތަންތަނުގައިވެސް އެކަމަށް ޚާއްޞަ ފުލުހުން ބައިތިއްބާފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަންވެސް ކުރައްވާ ރިޔާޒް މިގޮތައް ވިދާޅުވެފައި މިވަނީ ތާޖުއްދީން ސްކޫލް ތެރެއަށް ވަދެ ދަރިވަރަކަށް ހަމަލާ ދިނުމުގެ އިތުރުން ދަރުމަވަންތަ ސްކޫލް ދަރިވަރަކު ސްކޫލު ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ތޫނު އެއްޗެހިން ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.