ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހުރިހާ ރިސޯޓްތަކެއް ފުލުހުން ބަލާ ފާސް ކުރަން ފަށައިފިއެވެ.
ކޯޓު އަމުރަކާ އެކު ފުލުހުން ފާސްކުރަނީ ޕެރަޑައިސް އާއި ސަން އައިލެންޑާއި ހޮލިޑޭ އައިލެންޑްގެ އިތުރުން ފަން އައިލެންޑް ރިސޯޓެވެ. މިއީ ގާސިމް އިބްރާހިމްގެ ރިސޯޓްތަކެވެ.
ކޯޓުން ނެރެފައިވާ އަމުރުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓްގެ ނަމުގައި ދޫކުރި ބަނގުރާ ފަން އައިލެންޑް ރިސޯޓަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުކުރެވޭތީ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.
ރާއްޖެޓީވީއަށް މައުލޫމަތުދެއްވަމުން ވިލާ ގުރޫޕް އެންޑް ހޮޓަލްސްގެ ޖެނެރަލް މެނޭޖަރު ޤައިސަރު ނަސީމްވެސް ވިދާޅުވީ ރިސޯޓުތަކަށް ފުލުހުން އަރައި ފާސްކުރަމުން ދަނީ ބަނގުރަލާއި، އޫރު މަހުގެ ސްޓޮކް ކަމަށެވެ. އަދި ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން ބަލައި ފަސްކުރަން ބޭނުންވާ ތަންތަން ބަލައި ފަސްކުރުމަށް ފުރުސަތުދީފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
Verikamugai hure gininkanyyaa veema aniyaaverive dhaulathuge muassasaa thakah nufoozaai baaru foaruvaigen @qasimibrahim ge mudhalaai viyafaari ah dhuhthuraakoh jehsun kurumun libeyne manfaaeh noannaane. pic.twitter.com/9mSTCqqEez
— Ahmed Sameer (@meeraazu) January 17, 2018
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ ކަސްޓަމްސް އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ފުލުހުން އެހީތެރިކަން ދެމުންދާ ކަމަށެވެ.