މިއަދު ދިވެހި ރާއްޖެ އިން ފެނިގެން މިދަނީ މިނިވަން މުވައްސަސާތައް ސިޔާސީވެ، ގާނޫނުގެ ބާރު ކެނޑިފައި އޮތުމުގެ ނަތީޖާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ދަރުމަވަންތަ ސުކޫލް ކުއްޖެއް ގަޔަށް މިއަދު ބަޔަކު ތޫނު އެއްޗަކުން ހަމަލާ ދިނުމުން، އެކުއްޖާގެ ފޮޓޯއާ އެކު ބުދަ ދުވަހު ސައުދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މުވައްސަސާތަށް ސިޔާސީވެ ގާނޫނޫގެ ބާރު ކެނޑުމުން ފެންނާނީ އެފަދަ މަންޒަރުތައް ކަމަށެވެ.
Sarukaaru veringe nufooz ga Muassasā thah siyaasee ve qaanoon ge baaru kanduvaalaafa othumuge natheeja mi fennanee! Gaumee visnumai qaanoon imuge therein verin zimmaa adhaa kuravva! Noonee isthiufa dhevva! @PoliceMv @EducationMV @presidencymv @hrcmv pic.twitter.com/3BdN2bIQS0
— Saud Hussain MP (@SaudVillingili) January 17, 2018
އެހެންކަމުން ގައުމީ ވިސްނުމުގައި ގާނޫނުގެ އިމުގެ ތެރެއިން ވެރިން ޒިންމާދާކުރުމަށް ސައުދު ގޮވާލެއްވިއެވެ. އަދި ސިޔާސީ ނުފޫޒުން އެއްކިބާވެ ވެރިންނަން ކަންކަން ހައްލުކުރުމަށް މަސައްކަތް ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވުމަށް ވެސް މުވައްސަސާތަކުގައި ތިއްބެވި ބޭފުޅުންނަން ސައުދު ވަނީ ގޮވާލައްވާފައެވެ.