ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތަކުން ކުރާ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށާއި، ރިޔާސީ އިންތިހާބުގެ މަސައްކަތް ފަސޭހަކޮށްފި ނަމަ ލަނޑެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުމަށް މަޝްވަރާ ފަށާފައި ވަނިކޮށް ބުދަ ދުވަހު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގުބޫލު ލީޑަރުންގެ ކެންޑިޑެންސީއާ ދޭތެރޭ ގޮތެއް ނިމޭނީ އެ ވަގުތު އައިސް ޖެހުމުން ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ މަސައްކަތް އިދިކޮޅު ފަރާތަކުން ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ "ރައްކާވެ ތިބިއްޔާ ދަތުރެއް" ކަމަށާއި، "އެކަކު ނެތިއްޔާ އަނެކަކު ހުންނަންވާނެ" ކަމަށެވެ.
Magboolu leaderunge candidacy thakaa dheyterey gotheh nimmeynee e vagutheh jehumun. Ehenas riyaasee inthihaabge massaiykaiy baaru kuran jehey. Maa faseyha kollaifiyyaa landeh libumakee vedhaane kameh! Rakkaave thibiyyaa dhathureh! Ekaku nethiyyaa anekaku hunnaane, hunnan vaane!
— Ali Waheed (@ali20waheed) January 17, 2018
އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ގޮތުން ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، އެކަމާމެދު އަދިވެސް ގޮތެއް ނުނިންމެއެވެ. ގުޅިފައިވާ ޕާޓީތަކުން އެއްބައިވަންތަ ސަރުކާރެެއް ގާއިމު ކުރުމަށް ރިޔާސީ އެއް ކެންޑިޑޭޓަކު ނެރެ، އިންތިގާލީ ވެރިކަމެއް ގާއިމު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮއްވާލައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަށެވެ.